ޚަބަރު

އަަޖުމަ ބެލުމުގެ ގޮތުން އިތުރު ހަ މެކޭނިކަލް ކޮމްޕޮސްޓް މެޝިން ރާއްޖެ ގެންނަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މެކޭނިކަލް ކޮމްޕޮސްޓް މެޝިނެއްގެ ކައިރީގައި ބަޔަކު--

އަޖުމަ ބެލުމުގެ ގޮތުން އިތުރު ހަ މެކޭނިކަލް ކޮމްޕޮސްޓް މެޝިން(ގަސް ކާނާ އުފައްދާ މެޝިން) ރާއްޖެ ގެންނަން ނިންމާފައިވާ ކަމަަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

Ads by STELCO

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ކުނިވާ ޒާތުގެ ކުނި މެނޭޖުކުރަމަކީ އެންމެ އުނދަގޫ އެއްކަން ކަމަށެވެ.

އަދި އުކާލާ ކުނީގެ 60 ޕަަސެންޓަކީ އެފަދަ ކުނި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ކުނިން ގަސްކާނާ ހަދަން މެނުއަލީ ކުރިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިއީ ކުދިކުދި ރަށްތަކުގައި ކުރެވޭނެކަމެއް ނޫން ކަމަށާއި އަދި ބައެއް ބޮޑެތި ރަށްތަކުގައި ވެސް ކުރެވޭނެ ކަމެއް ނޫން ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ މިހާރު ގަސް ކާނާ ހަދަން ހަތަރު ރަށެއްގައި މެކޭނިކަލް ކޮމްޕޯސްޓް މެޝިން ބަހައްޓައިގެން އަޖުމަބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަދި އިތުރަށް ހަ މެޝިން އަޅުގަނޑުމެން އެބަ ގެންނަން. މި އަޖުމަ ބެލުމަށް ފަހު ގެންނަން ޖެހޭ ޗޭންޖާސް[ބަދަލުަތަކާއެކު] މި ރާއްޖޭގައި ބޭނުންވާ ރަށްރަަށަށް ކުރިއަށް އޮތް ތަނުގައި މި ކުރިއަށް ގެންދެވޭނެ ރަށްރަށުގައި" މިނިސްޓަރު ވިދާޅުވީ އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!