ޚަބަރު

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެމަފިރިން ބުނީ އެއީ މީހަކު ހަވާލުކުރި އެއްޗެއް ކަމަށް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ފުލުހުން މީގެ ކުރިން ހޯދައިގަތް ޑްރަގްތަކެއް

ލަގެޖުގައި ހުރީ މީހަކު ހަވާލުކުރި މަސްތުވާތަކެތި ކަމަށް މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އިންޑިއާ ދެމަފިރިން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

Ads by Sosun Fihaara

މިމަހުގެ 15 ވަނަ ދުވަހު މެލޭޝިއާ އެއާލައިންއައި މުހައްމަދު ޝޯއިބް, (41އ) އަދި އައިޝާ (38އ) ހައްޔަރުކޮށް އެ މީހުންގެ ބަންދަށް ފުރަތަމަ ޖެހީ ތިން ދުވަހެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އެހާ ކުރު މުއްދަތެއް ދިނީ ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ ކަމަށެވެ. އެ ދުވަހުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އައިއޯއަށް ހިންދީ ބަސް އެނގޭތީ އައިއޯ މެދުވެރިކޮށެވެ.

މިއަދުގެ ބަންދުގެ މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ތަރުޖަމާނަކާއެކު އެވެ. މިއަދު ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދީފައިވަނީ 15 ދުވަހެވެ.

މިއަދުގެ ކޯޓު އަމުރުގައި ބުނެފައިވަނީ އެ ދެ މީހުންގެ ހަރަކާތްތައް ހުރި ގޮތުން އައިޝާގެ ނަމުގައި އިން އެ ދެމީހުން ގެނައި ލަގެޖް އެކްސްރޭކުރުމުން ލަގެޖްގެ ފުލުގައި ކޮންސީލްމަންޓެއް ހުރި ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ.

އެއީ މަސްތުވާތަކެތިކަމަށް ބެލެވިގެން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ފުލުހުންނާއި ހަވާލު ކުރެވުނު ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ލަގެޖް ތެރެއިން 1 ރަބަރުގަނޑު ފެނުނު ކަމަށާއި އޭގެ ބަރުދަނުގައި 2.05 ކިލޯ ހުރި ކަމަށެވެ. އަދި އޭގެ ބަރުދަނުގައި 2.05 ކިލޯ ހުރި ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ލަގެޖް ޗެކްކުރި އިރު އެއްވެސް އެއްޗެއް ނެތް ކަމަށާއި އޭގައި އެއްޗެއް ފޮރުވާފައި ހުރިކަން ނޭނގޭ ކަމަށް އެ މީހުން ކޯޓުންގައި ބުނެފައިވެ އެވެ.

ދައުލަތުގެ ވަކީލެއް ބޭނުންވާ ކަމަށް ބުނެފައިވާތީ ފޯމު ފުރިފައިވާ ކަމަށާއި ފެށޭ ހަފްތާގެ އާދިއްތަ ދުވަހު އޭޖީ އޮފީހަށް ފޯމު ހުށަހެޅޭނެ ކަމަށް އައިއޯ ބުނެފައިވާތީ ވަކީލެއް ހަމަޖެހުމުން މި މުއްދަތުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށް އަމުރުގައި އަންގާފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!