Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ވިޔަފާރި

އެމްއޭސީއެލުން ސްކޫލް ދަރިވަރުންނަށް ކެރިއާ ގައިޑެންސް ޕްރޮގްރާމެއް

އެމްއޭސީއެލުން ސްކޫލް ދަރިވަރުންނަށް ކެރިއާ ގައިޑެންސް ޕްރޮގްރާމެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސްކޫލް ދަރިވަރުންނަށް ހާއްސަކޮށް "އެމްއޭސީއެލް ކެރިއާ 2024" ގެ ނަމުގައި ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ފަށައިފި އެވެ.

އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ އަމާޒަކީ އޭވިއޭޝަން ދާއިރާގެ އިތުރުން އެއާޕޯޓް އޮޕަރޭޝަންސް އާ ގުޅުންހުރި ވަޒީފާތަކާ ބެހޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމާ އެކު އެފަދަ ފުރުސަތުތަކަށް އެ ކުދިން އަހުލުވެރިކުރުވުމެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ފެއާ ޣާޒީ ސްކޫލުގައި އިއްޔެ ވަނީ ބާއްވާފަ އެވެ.

ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ޓެކްނިކަލް ގޮތުން ގާބިލު ދިވެހިން ބިނާކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އެމްއޭސީއެލް ކަހަލަ ކުންފުންޏެއްގައި ހުރި ފުރުސަތުތައް ސްކޫލް މަރުހަލާ ނިންމާ ދަރިވަރުންނަށް އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

[caption id="attachment_247563" align="alignnone" width="690"]<img class="wp-image-247563 size-large" src="https://cdn.dhen.mv/wp-content/uploads/2024/10/20241020_154726-1024x576.jpg" alt="" width="690" height="388" /> އެމްއޭސީއެލުން ސްކޫލް ދަރިވަރުންނަށް ފެށި ކެރިއާ ގައިޑެންސް ޕްރޮގްރާމުގެ ތެރެއިން / ފޮޓޯ:އެމްއޭސީއެލް[/caption]

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ވަކި ރަށެއްގައި ހިންގާ ތަނަކަށްވުމުގެ ސަބަބުން އެއާޕޯޓް އޮޕަރޭޝަންސްގެ އިތުރުން ގިނަ މުނިސިޕަލް ހިދުމަތްތަކާ އެކު ގިނަ ދާއިރާތަކަކުން މަސައްކަތް ކުރުމުގެ ފުރުސަތު އެތަނުން ފަހިވާ ކަމަށެވެ. މުސްތަގުބަލުގައި އެމްއޭސީއެލްގެ ހުރިހާ ވަޒީފާއެއްގައި ދިވެހިން މަސައްކަތް ކުރުމަކީ ކުރައްވާ އުންމީދެއް ކަމުގައި ފާހަގަކުރެއްވި އެވެ.

ފެއާގައި ހާއްސަ ލަކީޑްރޯއެއް ނެގިއިރު، ގުރުއަތުން ހޮވުނު 20 ދަރިވަރުންނަށް އެމްއޭސީއެލްގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އިތުރު 10 ދަރިވަރަކަށް ހާއްސަ ހަދިޔާއެއް ދީފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް