Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޑްރަގް އޭޖެންސީގެ ސެންޓަރުތަކުން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 1500އަށް

ޑްރަގް އޭޖެންސީގެ ސެންޓަރުތަކުން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 1500އަށް

މަސްތުވާތަކެތީގައި ވަބާގައި ޖެހި ސަލާމަތްވުމަށް ނެޝެނަލް ޑްރަގް އޭޖެންސީ (އެންޑީއޭގެ) ސެންޓަރުތަކުން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 1500 އަށް އަރައިފި އެވެ.

މިއަދު ބޭޢްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއޭގެ ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ އެ އޭޖެންސީގެ ފަރުވާގެ ހިދުމަތްތައް ދުވަސްތަކަކަށް އޮތީ ވަޅުޖެހިފައި ކަމަށެވެ.

ހާއްސަކޮށް މީހުންނަށް ދޭން ޖެހޭ ފަރުވާގެ ތެރެއިން މުހިންމު ބައިތަކެއް އޮތީ ނުގެންދެވި ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement
HDC — Sidebar (box)

އެހެން ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ގިނަ މަސައްކަތްތަކެއް ކުރެވި މިހާރު ފަރުވާގެ ކަންކަން ވަރަށް ފުޅާކޮށް ކުރިއަށް ގެންދެވޭ ކަމަށް ރާޝިދު ވިދާޅުވި އެވެ.

އެގޮތުން ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ފަރުވާ މިހާރު ފޯރުކޮށްދެވެމުންދާ ކަމަށެވެ.

"މި ވަގުތު އަޅުގަނޑުމެންގެ ފަރުވާގެ ތެރޭގައި ތަފާތު 10 ސެންޓަރެއްގައި 1500 ކުދިން ފަރުވާ އެބަ ނަގަމުންދޭ. އޭގެ ތެރޭގައި ރެސިޑެންޝިއަލް ޕްރޮގްރާމްގެ ގޮތުގައި ސެންޓަރުގައި ތިބެގެން ފަރުވާ ނަގާ ކުދިންނާއި މުޖުތަމައުގެ ތެރޭގައި ތިބެގެން ފަރުވާ ނަގާ ކުދިންނާއި އަދި ބޭސް ދެވިގެން ފަރުވާ ދެވޭ ކުދިން ހިމެނޭ" ރާޝިދު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް