Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސިންތަޓިކް ޑްރަގްސް ބޭނުންކޮށް ނަފްސާނީ ވުމުގެ މައްސަލަތައް އިތުރުވަނީ

ސިންތަޓިކް ޑްރަގްސް ބޭނުންކޮށް ނަފްސާނީ ވުމުގެ މައްސަލަތައް އިތުރުވަނީ

ސިންތަޓިކް ޑްރަގްސް ބޭނުންކުރުން ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށް ނެޝެނަލް ޑްރަގް އޭޖެންްސީ(އެންޑީއޭ)އިން ހާމަކޮށްފި އެވެ.

މިއަދު ބޭޢްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއޭގެ ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ސިންތަޓިކް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

އަދި އެއާއެކު ފަރުވާ ހޯދަން އަންނަ ކުދިންނަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކުދިންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement
HDC — Sidebar (box)

އެހެންކަމުން އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ރާޝިދު ވިދާޅުވި އެވެ.

"ޑްރަގް އިންޑިއުސްޑް ސައިކޯސިސް ނުވަތަ އެ ބޭނުންކުރާ މަސްތުވާތަކެތީގެ ސަބަބުން އަންނަ ނަފްސާނީ ބަލިމަޑުކަމެއް. އަކަންކަން މިއަދު ވަރަށް ގިނަ އެޑިކްޓުންގެ ފަރާތުން އެބަ ފާހަގަކުރެވޭ." ރާޝިދު ވިދާޅުވި އެވެ.

އެހެންކަމުން މަސްތުވާތަކެތީގެ ފަރުވާ ދިނުމުގައި އެކަން ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް ވިދާޅުވި އެވެ.

ސިންތަޓިކް ޑްރަގްސްއަކީ ކެމިކަލް ބޭސްޑް އަދި ލެބޯޓްރީތަކުގައި ހަދާ ޑްރަގްތަކެވެ.

ރާއްޖޭގައި ފަަހަކަށް އައިސް ޕޯސްޓު މެދުވެރިކޮށް ޑްރަގްސް ގެނައުން އިތުރުވެފައިވާ އިރު އޭގެން އެންމެ ގިނައިން އަތުލައިގަންނަނީ ސިންތެޓިކް ޑްރަގްސްކަން ފާހަގަކޮށްލެވެ އެވެ. އޭގެ ތެރޭގައި މެތު ފަދަ މަސްތުވާތަކެތި ހިމެނެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް