Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮންފްލެކްސް ޕެކެޓުގައި ބޭރުކުރަން އުޅުނު 81,130 ޑޮލަރު ދައުލަތަށް ނަގައި، ޖޫރިމަނާކޮށްފި 

ކޮންފްލެކްސް ޕެކެޓުގައި ބޭރުކުރަން އުޅުނު 81,130 ޑޮލަރު ދައުލަތަށް ނަގައި، ޖޫރިމަނާކޮށްފި 

ކޮންފްލެކްސް ޕެކެޓުގައި ރާއްޖެއިން ބޭރަށް ގެންދަން އުޅުނު 81,130 ޑޮލަރު ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ ބަންގްލަދޭޝް ޝަހްމިން އިސްލާމް ޝަގުރް (32އ) ގެ މައްޗަށެވެ.

އެ މައްސަލައަކީ އޮގަސްޓު މަހު 25 ވަނަ ދުވަހުގެ މެންދުރުފަހު 1:53 ހާއިރު ޔޫއެސް ބަންގްލާ ފްލައިޓުން ބަންގްލަދޭޝްގެ ޑާކާއަށް ދިއުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ޝަހްމިންގެ ލަގެޖް ޗެކްކުރިއިރު ގިނަ އަދަދެއްގެ ޑޮލަރު ހުރި ކޮންފްލެކްސް ޕެކެޓު ފެނިފައިވާ މައްސަލަ އެވެ.

Advertisement
Allied Insurance — Square (box)

އެ މައްސަލާގައި ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ކުށުގެ ދައުވާ ޝަހްމިންއަށްގެ މައްޗަށް އުފުލި އެވެ.

ޝަހްމިން, ކުށަށް އިއުތިރާފްވި އެވެ. އަދި ވީހާވެސް އަވަހަށް ހުކުމެއް ކޮށްދިނުމަށްފަހު ރާއްޖެއިން ޑީޕޯޓްކޮށް, ގައުމަށް ދެވޭނެ ގޮތް ހަަމަޖައްސައިދޭން އޭނާ އެދުނެވެ.

<img class="aligncenter wp-image-247737 size-full" src="https://cdn.dhen.mv/wp-content/uploads/2024/10/f41a740a-f2eb-4f17-823d-f224bc874137.jpeg" alt="" width="800" height="442" />

ޕީޖީއާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމުގައި ޝަހްމިންވަނީ އޭނާގެ އަތުން ފެނުނު 81,130 ޑޮލަރު ދައުލަތަށް ނަގަން އެވެ. އަދި އިއުތިރާފްގެ އެއްބަސްވުމަށް ބަލާއިރު އޭނާގެ އަދަބަކީ 12,000ރ އެވެ.

އެ މައްސަލާގައި ޝަހްމިންގެ އަމިއްލަ ފައިސާގެ ގޮތުގައި ހިމެނޭ 4500 ޑޮލަރާއި 350 ޔޫރޯ ހިފަހައްޓާފައިވާތީ 12,000ރ ދެއްކޭނީ އެ ފައިސާ ލިބުމުން ކަމަށް އޭނާ ބުންޏެވެ. އަދި ހުކުމްކުރާތާ 5 ދުވަހުގެ ތެރޭގައި އެ ފައިސާ ޝަހްމިންއާ ހަވާލުކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ޝަހްމިންއަށް ކުރި ހުކުމުގައި ހިމެނޭ 12,000ރ ދެއްކުމަށް އަމުރުކޮށްފައިވަނީ އިއްޔެއިން ފެށިގެން 15 ދުވަސް ތެރޭގަ އެވެ. އަދި އެއްބަސްވުމުގައިވާ ގޮތަށް 81,130 ޑޮލަރު ކަސްޓަމްސްއަށް ނަގަން ހުކުމުގައި އަމުރުކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް