Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޑްރޯންތަކާ ގުޅޭގޮތުން ސުވާލުކުރަން ޑިފެންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

ޑްރޯންތަކާ ގުޅޭގޮތުން ސުވާލުކުރަން ޑިފެންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ގައުމު ދިފާކުރުމުގެ ޒަމާނީ އަސްކަރީ ގާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރުމަށް މި ސަރުކާރުން  ގެނައި ޑްރޯންތަކާ ގުޅޭ ގޮތުން ސުވާލުކުރަން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަޖިލީހަށް ހާޒިރުކުރަން ނިންމައިފި އެވެ.

މިނިސްޓަރާ ސުވާލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ.

މީކައިލް ހުށަހެޅުއްވި ސުވާލުގައި ސާފުކުރައްވަން އެދިފައިވަނީ ރާއްޖެ ގެނެސްފައިވާ ޑްރޯންތައް ބޭނުންކުރަން ފަށާފައިވޭތޯ އާއި އެ ޑްރޯންތައް މިހާތަނަށް ބޭނުންކުރެވިފައި ވަނީ ކޮން ބޭނުމަކުތޯ  އެވެ،

Advertisement
Allied Insurance — Square (box)

އެ ޑްރޯންތައް ގެނެސްފައި ވަނީ 570 މިލިއަނެއްހާ ރުފިޔާ ދައްކައިގެން ތުރުކީއިން އެވެ.

މި ސަރުކާރުން ޑްރޯންތައް ގެނައުމަށް ފަހު އެ ޑްރޯންތައް އޮޕަރޭޓްކުރަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ފުރަތަމަ ފަހަރަށް ވައިގެ ބާރެއް މިދިޔަ މާޗު މަހު ވަނީ ތައާރަފްކޮށްފަ އެވެ.

ރާއްޖެއަށް ފުރަތަމަ ގެނައީ ތިން ޑްރޯން އެވެ. ނަމަވެސް ފަހުން އިތުރު ޑްރޯންތައް ގެންނާނެ ކަމަށް ވެސް އޭރު ބުނެފައިވެ އެވެ.

މިއީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާމަޑް ޔޫއޭވީތަކެކެވެ. މި ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

އަދި މިއީ އިންޓެލިޖެންސް އޮޕަރޭޝަންތަކާއި ސަވައިލެންސް އޮޕަރޭޝަންތައް ކުރިއަށްގެންދިއުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންތަކެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް