Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޒިޔާއު ވަކިކުރުން: ނިއުޝާއަށް ކުރި ތުހުމަތުތައް އޭނާ ދޮގުކޮށްފި

ޒިޔާއު ވަކިކުރުން: ނިއުޝާއަށް ކުރި ތުހުމަތުތައް އޭނާ ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑައިރެކްޓަރުގެ މަގާމުން ހަސަން ޒިޔާއު މިއަދު ވަކިކުރީ އަމީން އާންމު ފާތިމަތު ނިއުޝާގެ ނުފޫޒުން ކަމަށް ޒިޔާއު ކުރި ތުހުމަތުތައް ނިއުޝާ ދޮގުކުރައްވައިފި އެވެ.

ޒިޔާއު މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ހިލާފުވިކަމަށް ބުނެ އޭނާ މަގާމުން ވަކިކުރީ މިއަދު ކަމަށެވެ.

އަދި ޒިޔާއު ވަކިކުރުމުގެ ފަހަތުގައި ނިއުޝާގެ އިތުރުން ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓާ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ނުފޫޒު އޮތް ކަމަށް ވެސް ޒިޔާއު މިއަދު ވިދާޅުވި އެވެ.

Advertisement
Ooredoo — Square (box)

އެއީ އެ ބޭފުޅުންގެ ބައެއް ނިންމުންތަކާ ދެކޮޅަށް ވާހަކަދައްކާތީ ޒާތީ ހަސަދަވެރިކަން ފިލުވާލުމުގެ ގޮތުން ކަމަށް ޒިޔާއު ވިދާޅުވި އެވެ.

ނަމަވެސް ނިއުޝާ މިރޭ "ދެން" އަށް ފޮނުވި މެސެޖެއް ގައި ވިދާޅުވީ ޒިޔާއު ވަކިކުރީ ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ހިލާފުވެގެން ކަމަށެވެ. އަދި ޒިޔާއުގެ ތުހުމަތުތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

ޒިޔާއު ވިދާޅުވީ އޭނާގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު އޭނާ މަގާމުން ވަކިކުރީ ޕާލަމެންޓަރީ ސާވިސްގެ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލަ ޓްރައިބިއުނަލްއަށް ވެސް ހުށަހަަޅާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް