Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބޮކްސާ ތެރެއަށް ލައިގެން ޑްރަގު އެތެރެކުރި މީހާ އިތުރު 30 ދުވަހަށް ބަންދު

ބޮކްސާ ތެރެއަށް ލައިގެން ޑްރަގު އެތެރެކުރި މީހާ އިތުރު 30 ދުވަހަށް ބަންދު

ބޮކްސާ ތެރެއަށްލައިގެން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ތެރޭގައި އާންމުކޮށް ނުފެންނަ ބާވަތްތައް ހިމެނޭ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފި އެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކުރީ ސ. ހިތަދޫ، ސަމަންދަރު، އަހްމަދު އަހްސަން (35އ) އެވެ.

އޭނާގެ ބަންދަށް ފުރަތަމަ ދިން 5 ދުވަސް ހަމަވުމުން 30 ދުވަހުގެ މުއްދަތެއް ދިނެވެ. އަދި އެ މުއްދަތު ހަމަވުމުން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ.

Advertisement
Ooredoo — Truecaller (box)

ކޯޓު އަމުރުން އެނގޭ ގޮތުގައި އަހުސަންގެ ހައްޔަރު ބަންދުގެ 22 ރެކޯޑެއް އެބަ އޮތެވެ.

އަހުސަން ކޯޓުގައި ބުނެފައިވަނީ އިއުތިރާފް އެއްބަސްވުމެއް ހެދުމަށް ހުށަހަޅަން ބޭނުންވާ ކަމަށެވެ.

އެ މައްސަލާގައި ކަސްޓަމްސްއިން ބުނީ އަހުސަންގެ އަތުން މަސްތުވާތަކެތީގެ ތެރޭގައި ތިން ބާވަތެއް ފެނިފައިވާ ކަމަށެވެ. އެއީ 3058 ގުރާމުގެ ހެރޮއިންނާއި، 215 ގްރާމުގެ ސިންތެޓިކް ކެތިނޯންގެ އިތުރުން 315 ގްރާމުގެ މެތަމެފެޓިން އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް