Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި މީހާ ބުނީ އޭނާ ދިޔައީ ބަޔަކު ދުރުކުރަން ކަމަށް

މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި މީހާ ބުނީ އޭނާ ދިޔައީ ބަޔަކު ދުރުކުރަން ކަމަށް

މާރާމާރީ ހިނގިތަނަށް ދިޔައީ އެކަންކުރި މީހުން ދުރުކުރަން ކަމަށް މާރާމާރީ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ބުނެފި އެވެ.

މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރީ މ. ތަންތާރަ މުހައްމަދު ޝަމްއޫން (39އ) އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ. އޭނާގެ ބަންދަށް ކުރު މުއްދަތެއް ދިނީ ވަކީލުން ބޭނުންވާ ކަމަށް ބުނެފައިވާތީ އެވެ.

Advertisement
Allied Insurance — Square (box)
ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށައި އެގޮތުން ހާދިސާ ރިޕޯޓް ހިމެނޭ ކަމަށެވެ. އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި އެ އަމުރުގައި ފާހަގަކޮށްފައިވާ ސަބަބަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމެވެ. އަމުރުގައި ބުނީ މާރާމާރީ ހިނގިތަނަށް އޭނާ ދިޔައީ އިތުރު ދެ މީހަކު މާރާމާރީ ހިންގާތީ އެ މީހުން ދުރުކުރަން ކަމަށާއި އެކަމުގެ ތެރޭގައި އޭނާގެ ބޮޑުވައި އިނގިލީގައި ދަތް އަޅާފައިވާ ކަމަށެވެ. ސީނަށް ދިޔަ ފުލުހުންނާ ހަވާލާދީ އަމުރުގައި ބުނީ ވަޅިން ހަމަލާދިން ކަމަށް އަނިޔާލިބުނު މީހާ ސީނުގައި ބުނި ކަމަށެވެ. އަދި ސީނުން ވަޅި އެއް ފެނިފައިވާ ކަމަށް އައިއޯ ފާހަގަކުރި އެވެ. އަމުރުގައި އިތުރަށް ބުނެފައިވަނީ ހައްޔަރުކުރި މީހާގެ ހައްޔަރު ބަންދު ރެކޯޑު އޮތް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް