Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މީރާގެ ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ނަން ކޮމިޓީއަށް

މީރާގެ ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ނަން ކޮމިޓީއަށް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ނަން ކޮމިޓީއަށް ފޮނުވައިފި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މިއަދު އިދާރީ މޭޒުއް އިއްވާފައިވެ އެވެެ. އެ ސިޓީފުޅުގައި ވަނީ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަގާމަށް ޝަރުތު ހަމަވާ ދެ ބޭފުޅެއްގެ ނަމެވެ. އަދި އެ ސިޓީފުޅުގައި ހިމަނާފައިވަނީ ރައީސް އިސްކަންދެއްވާ ތަރުތީބުންނެވެ.
  1. ފާތިމަތު އަމީޒާ , ކޯޒީރައުންޑް, ގދ. ގައްދޫ
  2. އަސްމާ ޝަފީއު, ވައިޖެހޭގެ, ހއ. އިހަވަންދޫ
ރައީސް ވަނީ އެ މައްސަލާގައި މަޖިލީހުން ދިރާސާ ކުރުމަށްފަހު މަޖިލީހަށް ފެންނަ ގޮތެއް އަންގަަވައިދެއްވުމަށް އެދިފަ އެވެ. އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ އިގްތިސޯދީ ކޮމިޓީއަށެވެ. މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި އެވެ. އެއީ އެ މަގާމުގައި ހުންނެވި އަސްމާގެ ދައުރުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަަމަވާތީ އެވެ.

އެ އިއުލާނުގައި ޝަރުތުތަކެއްގެ ގޮތުގައި ހިމަނާފައިވަނީ:

  • އިގްތިސާދީ، މާލީ ވިޔަފާރި ނުވަތަ ޓެކްސްއާއި ގުޅުންހުރި ދާއިރާއަކުން މާސްޓަސް ޑިގްރީ ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ހާސިލްކޮށްފައިވުން ނުވަތަ ސަރުކާރުގެ މާލިއްޔަތާ ބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • އެހެން ވަޒީފާއެއް އަދާކުރާ މީހެއް ކަމުގައި ނުވުން.
  • ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ނުވުން އަދި އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން.
  • ގާނޫނުގައި ކަނޑައެޅިފައިވާ އިންތިހާބަކުން ހޮވާފައިވާ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން. އެއްވެސް ކުށުގެ މައްސަލައެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.
ޓެކްސޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާ ޖެނެރަލްއެއް އައްޔަންކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު ޓެކްސޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވީ ހަސަން ޒަރީރެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް