Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފައިސަލް މެންބަރުންނަށް: ގުޅާލިޔަސް ޖަވާބުދޭނަން, ކަންބޮޑުވުންތައް ހައްލުކޮށްދޭނަން!

ފައިސަލް މެންބަރުންނަށް: ގުޅާލިޔަސް ޖަވާބުދޭނަން, ކަންބޮޑުވުންތައް ހައްލުކޮށްދޭނަން!
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ގުޅާލިޔަސް, މެސެޖްކުރިޔަސް ޖަވާބުދީ, ކަންބޮޑުވުންތައް ހައްލުކޮށްދޭން މަސައްކަތްކޮށްދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވި އެވެ. ފައިސަލް މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގަ އެވެ. މަޖިލީހަށް ފައިސަލް ހާޒިރުވެވަޑައިގެންނެވީ ހދ. އަތޮޅުގައި އަތޮޅުގައި ޓޫރިޒަމް ބެޑް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ގުޅިގެން ވައިކަރަދޫ ދާއިރާ މެންބަރު ހުސައިން ޒިޔާދު ކުރައްވާ ސުވާލު ޖަވާބު ދެއްވުމަށެވެ. ސުވާލުކުރުމުގެ ފުރުސަތުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ އެގޮތަށް ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރުމުން އެއްވެސް މައްސަލައެއް ނެތް ކަމަށާއި ތައްޔާރުވެގެން އައިސް ޖަވާބު ދެއްވާނެ ކަމަށެވެ. ފައިސަލް ވިދާޅުވީ ކޮންމެ މެންބަރެއްގެ އަތުގައިވެސް ނަންބަރު އޮންނާނެ ކަމަށާއި ޓޫރިޒަމް ދާއިރާގެ އެެއްވެސް ސުވާލެއް އޮތް ނަމަ ނުރަސްމީކޮށް އަދި ރަސްމީކޮށް ހުށަހެޅި ކަމުގައި ވިޔަސް އެކަމުގެ ޖަވާބު ދެއްވާނެ ކަމަށެވެ.
"އަޅުގަނޑާ ގުޅޭނެ އަޅުގަނޑު އިރާދަކުރެއްވިއްއޔާ ތިބޭފުޅުންގެ ފޯނަށް ޖަވާބު ދޭނަން. ތިބޭފުލުންގެ ހުރި ކަންބޮޑޫވުންތަކަށް ހައްލު ހޯދައިދިނުމަށް މި ފަސް އަހަރު ތެރޭގައި އަޅުގަނޑު މަސައްކަތް ކޮށްދޭނެ ވާހަކަ ދަންނަވާލަން"
މެންބަރު ރައްޔިތުން އިންތިހާބު ކޮށްފައިވަނީ އެ ދާއިރާތަކުގެ ރައްޔިތުންގެގެ ހައްގުގައި މަސައްކަތް ކުރުމަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް