ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓް 1200 ޑޮލަރަށް ބޮޑުކޮށްފި

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓް 1200 ޑޮލަރަށް ބޮޑުކޮށްފި އެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނުގަިއ ބުނީ ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެ ބޭންކުގެ ރުފިޔާ ޑެބިޓް ކާޑުތަކުން ނެގޭ މިންވަރު މަހަކަށް 1200 ޑޮލަރަށް ބޮޑުވާނީ އަންނަ މަހުން ފެށިގެން ކަމަށެވެ.
ބީއެމްއެލްއިން ބުނީ އެ ނިންމުން ނިންމި ނަމަވެސް މިހާރުވެސް ބޭރު ފައިސާ ހޯދުމުގައި ދަތިތައް އުޅޭ ކަމަށެވެ.
އެހެން ނަމަވެސް ދަރިވަރުންނަށް ދިމާވާ ދަތިތައް އެނގޭ ކަމަށާއި އެހެންވެ ދަރިވަރުންގެ ހަރަދުތައް ބެލެހެއްޓުމަށް ލިމިޓް ބޮޑުކުރަން ނިންމީ ކަމަށެވެ.
އެހެން ނަމަވެސް ކާޑު ލިމިޓްބޮޑުވާނީ ބީއެމްއެލްގެ ޕޯޓަލްގައި ދަރިވަރުން ރަޖިސްޓްރީވެ ލިޔެކިޔުންތައް ހުށަހެޅުމުން ކަމަށް ވެސް ބީއެލްއެލްއިން ބުނެފައި ވެއެވެ.
ޑޮލަރު ލިބުން ދަތިވެ ބީއެމްއެލްއިން މިިދިޔަ އޮގަސްޓު މަހު ރުފިޔާގެ ޑެބިޓް ކާޑުތަކުން ޑޮލަރުގެ އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތް ވެސް ހެދި އެވެ.
ނަމަވެސް ފިއްތުންތައް ކުރިމަތިވެ އެ ނިންމުން އިއުލާންކުރި ދުވަހު ވަނީ ނިންމުން ބަދަލުވެސް ގެނެސްފަ އެވެެ.
ރާއްޖެއިން ބޭރުގައި ގިނަ އަދަދެއްގެ ދިވެހީން ތައުލީމް ހާސިލުކުރަމުންދާ އިރު ޑޮލަރު މިހާރު ޑޮލަރު ލިމިޓްގެ ގޮތުގައި މަހަކަށް ދީފައިވަނީ 750 ޑޮލަރެވެ.