Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޓޫރިސްޓެއްގެ 2100 ޑޮލަރު ވަގަށް ނެގި މީހާގެ އަދަބަކަށް އައީ 28,000 ރުފިޔާގެ ޖޫރިމަނާއެއް!

ޓޫރިސްޓެއްގެ 2100 ޑޮލަރު ވަގަށް ނެގި މީހާގެ އަދަބަކަށް އައީ 28,000 ރުފިޔާގެ ޖޫރިމަނާއެއް!

ޓޫރިސްޓެއްގެ 2100 ޑޮލަރާއި 4000 ރަޝިޔާ ރުބެލް ވަގަށް ނެގި މީހާކު 28,000 ރުފިޔާގެ ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އއ. ފެރިދޫ, ވައިޓްކޮރަލް, ހަމްޒަތު މުހައްމަދުގެ މައްޗަށެވެ.

އެ މައްސަލައަކީ 21 އޮގަސްޓް 2023 ވަނަ ދުވަހުގެ ވަގުތެއްގައި އއ. ސޭންޑިސް ބަތަލާ ރިސޯޓްގައި ހަމްޒަތު ބަލަހައްޓަމުންދާ ރޫމް ނަންބަރު 140 ކޮޓަރީގެ ސޭފްގައި ރަޝިޔާގެ ރައްޔިތެއްކަމަށްވާ, އީގޯ ސުނިޓިކޯ ބަހައްޓާފައި ހުރި ފައިސާ ވަގަށް ނެގި މައްސަލަ އެވެ.

Advertisement
Ooredoo — Truecaller (box)

އެ މައްސަލާގައި ހަމްޒަތުގެ މައްޗަށް ވައްކަންކުރުމުގެ ކުށުގެ ދައުވާ އުފުލި އެވެ. ދައުވާއަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި ހަމްޒަތު ދައުވާއަށް އިއުތިރާފުވެފައިވެ އެވެ. އެއާއެކު ޕީޖީއާއެެކު އިއުތިރާފްގެ އެއްބަސްވުމެއް ހަމްޒަތު ހެދި އެވެ.

އިއުތިރާފްގެ އެއްބަސްވުމަށް ބަލާ އޭނާ ޖޫރިމަނާކުރަން ގާޒީ އިބްރާޙިމް ޒިހުރީ ހުކުމްކުރި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް