Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސް މިއަދު ނިންމާލާ ކޮމިޓީއަށް ފޮނުވަނީ

ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސް މިއަދު ނިންމާލާ ކޮމިޓީއަށް ފޮނުވަނީ

މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 5.11 ބިލިއަން ރުފިޔާގެ ސްޕްލިމަންޓަރީ ބަޖެޓްގެ ބަހުސް މިއަދު ނިންމާލަން މަޖިލީހުން ފާސްކޮށްފި އެވެ.

އެ ހުށަހެޅުމަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ހުށަހެޅުމެކެވެ. އެ ހުށަހެޅުމުގެ ބުނެފައިވަނީ އެ ބަޖެޓުގެ ބަހުސް މިއަދު މެންދުރުފަހު 1:30 އިން ފެށިގެން ކުރިއަށް ގެންގޮސް މިއަދު ނިންމާލުމަށާއި ބަހުސްގެ ވަގުތުގައި ބަހުސް ކުރަން އެދޭ ކޮންމެ މެންބަރަކަށް 5 މިނެޓުގެ ވަގުތެއް ދިނުމަށެވެ.

އޭގެ އިތުރުން ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް އެ މަސައްކަތް ކުރަން އެއް ދުވަހުގެ މުއްދަތެއްދީ, ކޮމިޓީ ރިޕޯޓް ނިންމާލުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން ރިޕޯޓަށް ބަހުސް ކުރަން ކޮންމެ މެންބަރަކަށް ދެ މިނެޓް ދިނުމަށް ވެސް ފަލާހު ހުށަހެޅުއްވި އެވެެ.

Advertisement
Ooredoo — Square (box)

އެ ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އަދި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ތާއީދުކުރެއްވި އެވެ.

އެ ހުށަހެޅުމަށް ވޯޓަށް އެހުމުން 69 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް