Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުޅުމާލެއިން ގޯއްޗެއް ނީލަމުގައި ވިއްކާލަނީ، އެންމެ ދަށް އަގަކީ 25 މިލިއަން ރުފިޔާ

ހުޅުމާލެއިން ގޯއްޗެއް ނީލަމުގައި ވިއްކާލަނީ، އެންމެ ދަށް އަގަކީ 25 މިލިއަން ރުފިޔާ

ހުޅުމާލެއިން ގޯއްޗެއް ނީލަމުގައި ވިއްކާލަން އިއުލާންކޮށްފި އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެޗްޑީއެފްސީ) އިން މިއަދު ނީލަމުގައި ވިއްކާލަން އިއުލާންކުރީ "ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ)" އެވެ

އެއީ ހަދީޖާ އަބްދުއްސައްތާރު، މއ. ޗަންޕާމާގެ، މާލެ އަދި  ޖަމީލު އުސްމާން، ދަފްތަރު.ނަންބަރު 3290، މާލެ އަށް ދޫކޮށްފައިވާ ލޯނަށް ރަހުނު ކޮށްފައިވާ ގޯއްޗެކެެވެ.

Advertisement
Ooredoo — Truecaller (box)

10718 އަކަފޫޓުގެ އެ ގޯތި ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދަނީ މިދިޔަ މަހު 30 ވަނަ ދުވަހު އެވެ.

އެ ނީލަމުގައި ބައިވެރުވުމުގެ ފުރުސަތު އަންނަ މަހުގެ 14އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެ ގެ ގަތުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ 25.7 މިލިޔަން ރުފިޔާ ކަމަށް ވެސް އެޗްޑީއެފްސީ ބުނެފައިވެ އެވެ.

އެ ނީލަމުގައި އެޗްޑީއެފްސީގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ނުވަތަ އެ ކުންފުނީގެ ބޯޑް ޑައިރެކްޓަރަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ އެއްވެސް ބޭފުޅަކަށް ބައިވެރިއެއް ނުވެވޭނެ އެވެ.

ލޯނު ނުދެއްކިގެން ރަހުނުކޮށްފައިވާ މާލޭގެ ދެ ގެއެއް ވިއްކާލަން ބޭންކް އޮފް މޯލްޑިވްސްއިން ވެސް މި ފަހުން އިއުލާންކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް