Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދެ ޑިންގީ ޖެހި މީހަކު މޫދަށް ވެއްޓި ގެއްލިގެން ހޯދަނީ

ދެ ޑިންގީ ޖެހި މީހަކު މޫދަށް ވެއްޓި ގެއްލިގެން ހޯދަނީ

ދެ ޑިންގީ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މީގެ ކުޑައިރުކޮޅެއް ކުރިން ހިނގައިފި އެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ދެ ޑިންގީ ޖެހި އެކްސިޑެންޓްވީ ހުޅުމާލެ ވެމްކޯ ޖެޓީއާ ދިމާލުން ކަމަށެވެ.

އަދި އެ އެކްސިޑެންޓާއެކު މީހަކު މޫދަށް ވެއްޓި ގެއްލިފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އެހެންވެ އެ ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުން ނެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.

އިތުރު ތަފްސީލު އަންނަނީ--

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް