ދެ ލޯންޗު ޖެހި އަނިޔާވެގެން ބަޔަކަށް ފަރުވާ ދެނީ

ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ،
ފުލުހުން މިރޭ ބުނީ ގުޅީފަޅު ކައިރިން ހިނގި އެ އެކްސިޑެންޓް ރިޕޯޓްކުރީ މިރޭ 07:34 ކަންހާއިރު ކަމަށެވެ.
އެ ހާދިސާގައި 12 މީހަަކަށް އަނިޔާވި ކަމަށާއި އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ބުނެފައި ވެއެވެ.
އެ ސަރަހައްދުގައި ފުލުހުން މިހާރު ހަަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ރޭ ވެސް ކަނޑުމަތީގައި އެފަދަ އެކްސިޑެންޓެއް ހިނގައިފަ އެވެ.
ދެ ޑެންގީ ޖެހިގެން ހިނގި އެކްސިޑެންޓްގައި ނަސީބަކުން މީހަކަށް ކަމެއް ނުވެއެވެ.