Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު ހައްޔަރުކޮށްފި 

ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު ހައްޔަރުކޮށްފި 

މާ ޖަހާފައި ހުރި ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަބްދުالله ސާދިގު (65އ), ވެހެތާނުގެ, ސ. ހިތަދޫ އެވެ.

އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

Advertisement
Ooredoo — Square (box)

ކޯޓު އަމުރުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.

ކަސްޓަމްސްގެ ފޯމާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހާ ރާއްޖެއައިއިރު ލަގެޖްގެ ގޮތުގައި ގެންގުޅުނު ފޮށި ބަލާ ފާސްކުރިއިރު އޭގެ ތެރޭގައި މާ ޖަހާފައި ހުރި 3 ވާސް އޮތް ކަމަށެވެ.

އަދި އެ ވާސްތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 4 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

އެ ތަކެތީގެ ވަގުތީ ޓެސްޓުން ހެރޮއިންއަށް ޕޮޒިޓިވްވެފައިވާއިރު ބަރުދަނުގައި 270 ގްރާމް ހުރި ކަމަށް ބުނެފައިވެ އެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހާގެ ކުޑަކަމުދާ ތަކެތި އޯޕީއޭޓްސް އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ މައްސަލާގައި މޮބައިލް ފޮރެންސިކް ރިޕޯޓާއި ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހުށަހަޅާފައިވެ އެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް އަމުރުގައި ބުނެފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.

އަމުރުގައި އިތުރަށް ބުނެފައިވަނީ އެ މީހާއާ ސުވާލުކުރުމުން އެކި ފަހަރު އެކި ގޮތަށް ޖަވާބުދީފައިވާ ކަން ހުށަހަޅާފައިވާ ބަޔާންތަކުން އެނގޭ ކަމަށެވެ. އަދި އެކަން އައިއޯ ފާހަގަކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް