Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޝެއިހް ސަމީރާ ގުޅުވާ ވާހަކަތަކެއް ދެއްކި މީހާގެ އާއިލާއިން އެ ވާހަކަތައް ދޮގުކޮށްފި 

ޝެއިހް ސަމީރާ ގުޅުވާ ވާހަކަތަކެއް ދެއްކި މީހާގެ އާއިލާއިން އެ ވާހަކަތައް ދޮގުކޮށްފި 
ދީނީ އިލްމުވެރިޔާ, ޝެއިހް އަހުމަދު ސަމީރާ ގުޅޭ ގޮތުން ވާހަކަތަކެއް ދެއްކި މީހާގެ އާއިލާއިން އެ ވާހަކަތައް ދޮގުކޮށްފި އެވެ. ހަގީގަތާ ހިލާފު އެތައް ވާހަކައެއް ފަތުރަމުންދާ, ރަޖިސްޓްރީ ނުކޮށް ހިންގާ ވެބްސައިޓް "ދިޔަވަރު" ގައި މިދިޔަ ބުދަ ދުވަހު ވަނީ ޝެއިހް ސަމީރާ ގުޅުވާ ދޮގު ވާހަކަތަކެއް ލިޔެ ޝާއިއުކޮށްފަ އެވެ. ސަމީރުގެ އަންހެން ކޮއްކޮ ކުރިން ކައިވެނިކޮށްގެން އުޅުނު ފިރިހެން މީހާ ދީފައިވާ މައުލޫމާތު ކަމަށް ބުނެ ލިޔެފަ އެވެ. އެކަން ދޮގުކޮށް އެ ފިރިހެން މީހާގެ ބޮޑުބޭބެ އަބްދުﷲ ފަޒީލް "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނި އެ ވާހަކަ އަމީ ކަނޑައެޅިގެން ދޮގު ކަމަށާއި ޝެއިހް ސަމީރަކީ ވަރަށް ގާތުން ވަރަށް ގިނަ ދުވަސް ވަންދެން ދަންނަ މީހެއް ކަމަށެވެ.
"ޝެއިހަކީ ވަރަށް ހެޔޮ، އިންސާފަށް އެހާމެ ލޯބިކުރާ ފަރާތެއް."
ފަޒީލް ބުނެފައިވަނީ އޭނާއަކީ އެ ހުރިހާ ކަމެއް ކައިރިން ދެކުނު އެކަކު ކަމަށާއި އެ ލިޔުމުގައިވާ ހިމަނާފައިވަނީ އެކަން ހިނގާ ދިޔަގޮތް ނޫންކަން ކަށަވަރާއެކު ބުނަން ކެރޭ ކަމަށެވެ.
"ޝެއިހުންގެ އަގު ވައްޓާލާ އިސްލާމް ދީން މިގައުމުގައި ނިކަމެތި ކުރުމަށް މަދު މީޑިއާތަކަކުން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ."
އޭގެ އިތުރުން އެ ފިިރިހެން މީހާގެ ކޮއްކޮ މުއާޒު އަހުމަދު "ފޭސްބުކް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މީހެއްގެ އަބުރު ހަމަ ފާޅުގައި ކަތިލަމުންދާ ކަމަށެވެ. އަދި އެ ލިޔުމުގައި ގިނައިން ހުރީ ހުސް ދޮގު ވާހަކަ ކަމަށް އޭނާ ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް