Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ބުދަ ދުވަހަށް ފަސްކޮށްފި

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ބުދަ ދުވަހަށް ފަސްކޮށްފި
މޯލްޑިވްސް މީޑިއާ ކައުންސިލު(އެމްއެމްސީ) އިން މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ "ނޫސްވެރިކަމުގެ އިނާމު 2023" ގެ ހަފްލާ ބުދަ ދުވަހުގެ ރެއަށް ފަސްކޮށްފި އެވެ. އެމްއެމްސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ 30 އޮކްޓޯބަރަށް ފަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ހަފްލާ ފަސްކޮށްފައިވާ އެއްވެސް ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ބުދަ ދުވަހުގައި ބާއްވާ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ 11 ވަނަ ހަފްލާގައި، އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ނޫސް މަޖައްލާ ކެޓަގަރީއާއި އޯޑިއޯ އަދި ވީޑިއޯ ޖާނަލިޒަމް ކެޓެގަރީ ހިމެނޭހެން 18 ދާއިރާއަކުންނެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތަކާއި ދާއިރާތަކަކީ:
  • ނޫސްމަޖައްލާ ކެޓަގަރީ
  • އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ
  • ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
  • އިޖުތިމާއީ ދާއިރާ
  • ސިޔާސީ ދާއިރާ
  • ޝަރުޢީ އަދި ގާނޫނީ ދާއިރާ
  • ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާ
  • ކުޅިވަރުގެ ދާއިރާ
  • ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
  • ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާ
  • ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ
  • ފީޗަރ ރިޕޯޓުގެ ދާއިރާ
  • ތާރީޚާއި ސަގާފަތުގެ ދާއިރާ
  • މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
  • ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާ
  • އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ
  • އުންމީދީ ނޫސްވެރިޔާގެ އިނާމު
  • އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
  • އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމު
  • އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
މިފަހަރު މި އިނާމަށް 18 ދާއިރާއަކުން 86 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެމްސީން މީގެ ކުރިން ބުނެފައިވެ އެވެ. ނޫސްވެރިކަމުގެ އިނާމު ކޮންމެ އަހަރަކުވެސްދެ އެވެ. ނޫސްވެރިންނަށް އެވޯޑު ދިނުމުގެ ބޭނުމަކީ ނޫސްވެރިން ކުރާ ބުރަ މަސައްކަތް އަގުވަޒަންކޮށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުން ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް