Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ވިޔަފާރި

ފްލައިމީގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމައިފި

ވިލާ އެއާގެ ފްލައިމީ އިން ކުރާ ދަތުރުތައް މިމަހުގެ 29 އިން ފެށިގެން ހުއްޓާލަން ނިންމައިފިއެވެ.

ވިލާ އެއާ އިން ބުނެފައިވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓާލުމާ ގުޅިގެން އެ އެއާލައިނުގެ ޕެސެންޖަރުންގެ އަދަދު މަދުވެފައިވާ ކަމަށެވެ. އެހެންކަމުން މިމަހުގެ 29 އިން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް އެއާލައިނުގެ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

ފްލައިމީ އިން ބުނީ އެ އެއާލައިނުގެ ދަތުރުތައް ހާއްސަ ރިކުއެސްޓުގެ ދަށުން ކުރާނެ ކަމަށާއި ކްރޫ އާއި މުވައްޒަފުން އަބަދުވެސް ތިބޭނީ ސްޓޭންޑްބައި ގައި ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މި ހާލަތުގައި ވިލާ އެއާއިން އަބަދުވެސް އިސްކަންދޭނީ މުވައްޒަފުންނާއި ފަސިންޖަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ކަމަށާއި މި ދުވަސްވަރު މަސައްކަތްކުރާނީ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ކަމަށް ވިލާ އެއާ އިން ވަނީ ބުނެފައެވެ.

އެގޮތުން މިއަހަރުގެ ފަހު ކުއާޓަރުގައި ފަސިންޖަރުންނަށް ހާއްސަ ސަޕްރައިޒްތަކެއް އެބަހުރި ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް