ޓްރާންސްފޯމަރުން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ޓްރާންސްފޯމަރުން ވައްކަންކުރަން އުޅުނު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފަތިހު 5:30 ހާއިރު ހުޅުމާލެ ފޭސް 2 ގެ ހިޔާ 13 ވަނަ ޓަވަރު ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ތެރެއަށް މީހަކު ވަދެ ވައްކަން ކުރަން އުޅުނު މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫ, ފެހިއައްސޭރި, އުމުރުން 32 އަހަރުގެ އަހްމަދު ރިސްފާން އެވެ.
ފުލުހުން އިތުރަށް ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
މިދިޔަ މާޗް މަހުވެސް މިފަދަ މައްސަލަތައް ފެންމަތިވެފައިވާއިރު އެ މަހުގެ ތެރޭގައި ޓްރާންސްފޯމަރުން ވައްކަންކުރަން ވަދެ އުޅުނު މީހަކު މަރުވެފައިވެ އެވެ.
Ads by Allied Insurance