Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ވިޔަފާރި

ސްޓެލްކޯގެ ސްލޯގަންއަކީ "ތަރައްގީގެ ބައިވެރިޔާ"

ސްޓެލްކޯގެ ސްލޯގަންއަކީ "ތަރައްގީގެ ބައިވެރިޔާ"

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބޭނުންކުރާނެ ސްލޯގަންއަކީ "ތަރައްގީގެ ބައިވެރިޔާ" ކަމަށް ނިންމައި، އެކަން އިއުލާނުކޮށްފި އެވެ.

އެ ސްލޯގަން އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން ފަހުމީ އެވެ.

ސްޓެލްކޯއިން ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދެމުންގެންދާތާ މި އަހަރުގެ ޑިސެމްބަރު މަަހަށް 75 އަހަރު ފުރޭއިރު ސްލޯގަންއެއް އެ ކުންފުނިން ބޭނުންކުރަން މި ފަށަނީ އަލަށެވެ.

Advertisement
Allied — Dhen Online (box)

ސްޓެލްކޯއިން ބުނީ އެ ސްލޯގަންއިން ރަމްޒުކޮށްދެނީ 1949 ވަނަ އަހަރު ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގައި ގައުމީ ތަރައްގީގައި ސްޓެލްކޯއިން ވެފައިވާ ހިއްސާ ކަމަަށެވެ.

އެގޮތުން ގައުމީ ތަރައްގީގެ ދުވެލި ހަލުވިވެގެން ދިއުމުގައި ކަރަންޓުގެ ސިނާއަތާއި އެ ސިނާއަތުގައި ހިދުމަތްދޭން އޮތް ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ ދައުރު މި ސްލޯގަންއިން ރަމްޒުކޮށްދޭ ކަމަށެވެ.

އަދި ހަމަ މިއާއިއެކު 1949 އިން ފެށިގެން ސްޓެލްކޯއިން އެކި ނަންނަމުގައި ދެމުންއައި ކަރަންޓުގެ ހިދުމަތުގެ އިތުރުން މިހާރު މި ކުންފުނިން ދެމުންދާ ފެނާއި، ނަރުދަމާގެ ހިދުމަތާއިއެކު ގައުމީ ތަރައްގީގައި ކުންފުނީގެ ހިއްސާ އިތުރުވެގެން ގޮސްފައިވާ ވުން ވެސް މި ސްލޯގަންއިން ރަމްޒުކޮށްދޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް