Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވޭޕް މަނާކުރާ ހުށަހެޅި ބިލްގެ ބަހުސް ނިންމާ ކޮމިޓީއަށް

ވޭޕް މަނާކުރާ ހުށަހެޅި ބިލްގެ ބަހުސް ނިންމާ ކޮމިޓީއަށް

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕް މަނާކުރަން ހުށަހެޅި ބިލްގެ ބަހުސް ނިންމާ, އެ ބިލް އިޖްތިމާއީ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

އެ ބިލަކީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި އިސްލާހެކެވެ.

އެ ބިލްގެ ބަހުސް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައިވަނީ 76 މެންބަރުންގެ ވޯޓާއެކު އެވެ. އަދި އެ ބިލަށް އެއްވެސް ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ މެންބަރަކު ވެސް ހިމެނެ އެވެ.

Advertisement
Ooredoo — Square (box)

އެ ބިލް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި އައިފާން ފާހަގަކުރެއްވީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާކުރުމަށްޓަކަ އެވެ.

އެ އިސްލާހުގެ ދަށުން ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް 21 އަހަރުގެ ދަށުގެ މީހަކަށް ނުވަތަ ކުއްޖަކަށް ވިއްކައިގެން ނުވާނެ ކަމަށް ހިމަނާފައިވެ އެވެ.

އީ ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުކުރާތަކެތި ރާއްޖެ އެތެރެކުރުން މަނާކުރާއިރު އެތަކެތި އެތެރެކޮށްފި ނަމަ  50,000 ރުފިޔާއިން ޖޫރިމަނާކޮށް, ކޮންމެ އީ ސިނގިރޭޓަކުން ނުވަތަ ވޭޕްގެ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އެތަކެތި ވިއްކުން މަނާވާއިރު އެކަމާ ހިލާފުވެއްޖެނަމަ 20,000 ރުފިޔާއިން ޖޫރިމަނާކޮށް, ކޮންމެ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާނެ ކަމަށް ހިމަނާފައިވެ އެވެ.

އޭގެ އިތުރުން ހިލޭ ބަހައިފިނަމަ 10,000 ރުފިޔާއިން އަދި ބޭނުންކުރާ މީހުން 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި ވިއްކާ ހިލޭ ބަހާފައިވަނީ ކުޑަކުއްޖަކަށްނަމަ އިސްލާހުގައި ބުނެފައިވަނީ އިތުރަށް 50,000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާކުރުމަށް އަމަލުކުރަން ފަށާނީ ޑިސެންބަރު 15 އަދި އެ ބިލްގައި ހިމެނޭ އެހެން އިސްލާހުތަކަށް އަމަލުކުރާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް