Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓުގެ ކޮމިޓީ މަސައްކަތަށް އިތުރު ދުވަހެއް ދޭން މަޖިލީހުން ނިންމައިފި

ސަޕްލިމެންޓްރީ ބަޖެޓުގެ ކޮމިޓީ މަސައްކަތަށް އިތުރު ދުވަހެއް ދޭން މަޖިލީހުން ނިންމައިފި
ސަޕްލިމެންޓްރީ ބަޖެޓުގެ ކޮމިޓީ މަސައްކަތަށް އިތުރު ދުވަހެއް ދޭން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ. ރައްޔިތުންގެ މަޖިލީހަށް 5,119,508,129 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވި އެވެ. އެ ދުވަހު ބަޖެޓް ބަހުސްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު ކޮމިޓީގައި އެ މަސައްކަތްކުރަން އެއް ދުވަހުގެ މުއްދަތެއް ދިނުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ. އެގޮތަށް ފާސްވެ, އެގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު ބަޖެޓް ކޮމިޓީއިން ވަނީ އިތުރު ދުވަހަކަށް އެދިފަ އެވެ. އެހެންކަމުން މިއަދުގެ ޖަލްސާގައި ނެގި ވޯޓުން އެގޮތަށް އިތުރު ދުވަހެއް ދިނުމަށް ފާސްވެފައިވަނީ 80 މެންބަރުންގެ އިއްތިފާގުންނެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައި ހުށަހެޅި 5.11 ބިލިއަންގައި ހިމެނެނީ:

  • ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
  • ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
  • ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
  • މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ
މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 34 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ސެޕްޓެމްބަރުގެ ނިޔަލަށް ލިބިފައިވަނީ 27 ބިލިއަން ރުފިޔާ އެވެ. ސަޕްލިމެންޓް ބަޖެޓުގައިވާ ގޮތުން މި އަހަރަށް ލަފާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރު 640.1 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި މިއަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް