Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިންޑިއާގެ ސަފީރު ކަމަށް އަޒީމާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އިންޑިއާގެ ސަފީރު ކަމަށް އަޒީމާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ އާއިޝަތު އަޒީމާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކޮށްފައިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެން 79 މެންބަރުންގެ އިއްތިފާގުންނެވެ.

އަޒީމާގެ އެ މަގާމަށް އައްޔަންކުރައްވަން ރައީސް ނަން ފޮނުވުމުން އެ މައްސަލަ ދިރާސާކޮށްފައިވަނީ ހާރިޖީ ކޮމިޓީއިންނެވެ.

Advertisement
Allied — Dhen Online (box)

އެ ކޮމިޓީއިން ވަނީ އެ މަގާމަށް އަޒީމާ ޝަރުތު ހަމަވޭތޯ ކަށަވަރުކުރުމަށް ރައީސް އޮފީހާއި ފޮރިން މިނިސްޓްރީއާއި އިލެކްޝަންސް ކޮމިޝަނާއި ކަރެކްޝަނަލް ސާވިސް އަދި ޑިޕާޓްމެންޓް އޮފް ޖުޑިޝުރީ އެންޑް އެންޑްމިނިސްޓްރޭޝަންއިން މައުލޫމާތު ސާފުކޮށްފަ އެވެ.

އަޒީމާ އެ މަގާމަށް އައްޔަންކުރައްވަނީ އެ މަގާމުގައި ހުންނެވި އިބްރާހީމް ޝިހާބުގެ ދައުރު ހަމަވާތީ އެވެ.

މިދިޔަ ސަރުކާރުގެ ޗައިނާގެ ސަފީރުކަން ކުރައްވާފައިވާ އަޒީމާ މީގެ ކުރިން ވަނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ފަސްޓް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފަ އެވެ. އަދި ފޮރިން މިނިސްޓަރީއާއި ފިނޭންސް މިނިސްޓްރީގައި ވެސް އަޒީމާ މަސައްކަތްކުރައްވާފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް