ޚަބަރު ދީން

ޝަމީމްގެ "ކަލަކުވޭ ބިރުވެތިވޭ" އަށް ހާޒިރުވެގެން އައިފޯނެއް ކާމިޔާބު ކުރުމުގެ ފުރުސަތު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ޑރ. އާދަމް ޝަމީމް ދެއްވާ ހާއްސަ ދަރުސް، "ކަލަކުވޭ ބިރުވެތިވޭ" އަށް ހާޒިރުވެގެން އައިފޯނެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމަށް ދަރުސް އިންތިޒާމްކުރާ ފަރާތުން ހާމަކޮށްފި އެވެ.

Ads by MWSC

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އިސްލާމިކް އެފެއާޒް މިނިސްޓްރީ އާއި ގުޅިގެން އަލްއަސްރުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ "ކަލަކުވޭ ބިރުވެތިވޭ" ދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.

ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުގައި އޮންނަ މި ދަރުސް ފަށާނީ އެ ރޭގެ 8:30 ގަ އެވެ. ދަރުސްގައި ވާހަކަ ދައްކަވާނީ އިލްމީ ގޮތުން ފުންނާބު އުސް އަދި ވަރަށް ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ އިލްމުވެރިއެއް ކަމުގައިވާ ޑރ. އާދަމް ޝަމީމެވެ.

ދަރުސް ކުރިއަށް ގެންދަން އަލްއަސްރުން ތައްޔާރުވެފައިވާއިރު، މި ދަރުސް ޓީވީއެމް އާއި ދާރިސް ޓީވީ އަދި އަލްއަސްރުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހާއްސަ ކަމެއްގެ ގޮތުގައި ދަރުހަށް ހާޒިރުވެ ދަރުސް ނިމެންދެން މަޑުކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯން 16 ޕްރޯ މެކްސްއެއް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ގުރުއަތުގައި ބައިވެރިވުމަށް ޝަރުތު ހަމަވާނީ ދަރުހަށް ހާޒިރުވެ ރަޖިސްޓްރީކުރާ ފަރާތްތަކެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން ދަރުހަށް އައުމަށް އަލް-އަސްރުން ދައުވަތުދެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!