Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސައުދީގެ ސަފީރުކަމަށް ސަރީރު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ސައުދީގެ ސަފީރުކަމަށް ސަރީރު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ދިވެހިރާއްޖެއިން ސައުދި އަރަބިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އަހުމަދު ސަރީރު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރީރު އައްޔަންކުރަން މިއަދުގެ ރައްޔިތުންގެ މަޖިލީހުންގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު އެ މަގާމަށް ސަރީރު އައްޔަންކުރަން ފާސްކޮށްފައިވަނީ 86 މެންބަރުންގެ އިއްތިފާގުންނެވެ.

އެ މަގާމަށް ސަރީރުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވުމުން އެކަން ހާރިޖީ ކޮމިޓީއިން ވަނީ ދިރާސާކޮށްފަ އެވެ. އަދި ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް އެ ކޮމިޓީގެ މުގައްރިރު, މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ މަޖިލީހަށް ހުށަހަޅައިދީފަ އެވެ.

Advertisement
HDC — Sidebar (box)

ޒަރީރު ވިދާޅުވީ އެ މަގާމަށް ސަރީރު ޝަރުތު ހަމަވޭތޯ ކަށަވަރުކުރުމަށް ރައީސް އޮފީހާއި ފޮރިން މިނިސްޓްރީއާއި އިލެކްޝަންސް ކޮމިޝަނާއި ކަރެކްޝަނަލް ސާވިސް އަދި ޑިޕާޓްމެންޓް އޮފް ޖުޑިޝުރީ އެންޑް އެންޑްމިނިސްޓްރޭޝަންއިން މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށެވެ.

ޒަރީރު ވިދާޅުވީ ސަރީރުގެ ސަފީރު ކަން އަދާކުރުމުގެ ތައުލީމީ އަދި ތަޖުރިބާ ފެންވަރު ހުރި ބޭފުޅެއްކަން ވަނަވަރުތަކަށް ރިއާޔަތްކޮށް ކޮމިޓީގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

ސަރީރު ވަނީ ހާރިޖީ ގުޅުންތަކާ ގުޅުން ހުރި ގިނަ މަގާމުތައް ފުރުއްވާފަ އެވެ. އެގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އޭޝިއާ ޑިރެކްޓަރުގެ މަގާމާއި ފޮރިން ސެކެޓަރީގެ މަގާމާއި ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ތިންވަނަ ސެކްރެޓަރީގެ މަގާމު ހިމެނެ އެވެ.

އޭގެ އިތުރުން ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމްވެސް ސަރީރު ފުރުއްވާފައިވެ އެވެ.

އަދި އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމާއި އދ. ގައި ހުންނަ ރާއްޖޭގެ ޕާމަނަންޓް މިޝަންގެ ދެވަނަ ސެކްރެޓަރީގެ މަގާމުވެސް ސަރީރު ފުރުއްވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް