Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސަރުކާރުން ހުށަހެޅި 5.1 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުން ފާސްކޮށްފި 

ސަރުކާރުން ހުށަހެޅި 5.1 ބިލިއަންގެ  ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުން ފާސްކޮށްފި 
ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގެ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އެ ބަޖެޓަކީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓެކެވެ. މަޖިލީހުން އެ ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށެވެ. އެ ބިޖެޓްގެ މަސައްކަތަށް ދިން އެއް ދުވަހުގެ މުއްދަތު އިތުރު ކޮށްދިނުމަށް ކޮމިޓީއިން އެދުމުން ރައްޔިތުންގެ މަޖިލީހުން އެ ފުރުސަތު ދިނެވެ. ބަޖެޓް ކޮމިޓީއިން ދިރާސާކުރުމަށްފަހު ރިޕޯޓް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅާފައިވެ އެވެ. ރިޕޯޓް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު, ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވީ އެ ބަޖެޓާ ގުޅިގެން އެމްއެމްއޭއާއި އޮޑިޓާ ޖެނެރަލް އޮފީސް އަދި ފިނޭންސް މިނިސްޓަރުގެ ލަފާ ކޮމިޓީއިން ހޯދާފައިވާ ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓަރާއި އޮޑިޓާ ޖެނެރަލް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ބަޖެޓާ ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް ފަޒާދު ވިދާޅުވި އެވެ. އެ ބަޖެޓް މަޖިލީހުން ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 75 މެންބަރެކެވެ. އަދި ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައި ހުށަހެޅި 5.1 ބިލިއަންގައި ހިމެނެނީ:

  • ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
  • ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
  • ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
  • މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ
މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 34 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ސެޕްޓެމްބަރުގެ ނިޔަލަށް ލިބިފައިވަނީ 27 ބިލިއަން ރުފިޔާ އެވެ. ސަޕްލިމެންޓް ބަޖެޓުގައިވާ ގޮތުން މި އަހަރަށް ލަފާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރު 640.1 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި މިއަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް