Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ދެއްވީ އެއްވެސް މުއައްސަސާއަކަށް ނުފޫޒް ނުފޯރުވާނެކަމުގެ ޔަގީންކަން

ރައީސް ދެއްވީ އެއްވެސް މުއައްސަސާއަކަށް ނުފޫޒް ނުފޯރުވާނެކަމުގެ ޔަގީންކަން

ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިިފި އެވެ.

ރައީސް މުއިއްޒު މިރޭ އެކްސްގައި ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިހާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ކުރެއްވި ކަމެއް ނޫން ކަމަށެވެ.

އަދި ކުރިޔަށް އޮތް ތާނގައިވެސް އެއީ ކުރައްވާނެކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement
Ooredoo — Truecaller (box)

"އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން އަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ގާނޫނާއި ގަަވައިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާހެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން." ރައީސް މިރޭ ވިދާޅުވި އެވެ.

ރައީސް އެފަދައިން ވިދާޅުވި އިރު އޭސީސީ އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސްއާއި ނާއިބު ރައީސްގެ މަގާމު ސީދާ ރައީސްއަށް އައްޔަނުކުރެވޭ ގޮތަށް ދެ ގާނޫނަކަށް އިސްލާހު ގެންނަން މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

އެ އިސްލާހުތަކަށް އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް