Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މެޑަމް ސާޖިދާ ގެމްބިއާގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި

މެޑަމް ސާޖިދާ ގެމްބިއާގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގެމްބިއާގެ ފަސްޓް ލޭޑީ، ފަޓޮމަޓާ ބަ ބަރޯއާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ޓެންޒޭނިއާގައި މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އެވެ.

އެ ބައްދަލުވުމުގައި ސާޖިދާއާއި ގެމްބިއާގެ ފަސްޓް ލޭޑީވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

Advertisement
HDC — Sidebar (box)

އެގޮތުން މުޖުތަމައުގެ މެދުގައި ގާތް ގުޅުންތައް އުފައްދައި، އާންމުންބޭނުންވާ މުހިންމު ކަންކަމުގައި ހުރި ހުރަސްތައް ނައްތާލަން ސަމާލުކަން ދިނުން ފަދަ މައުލޫތަކަށް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

އޭގެ އިތުރުން، މެރކް ފައުންޑޭޝަނުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން އޭޝިއާ އަދި އެފްރިކާގެ މުޖުތަމަޢުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެ ފައުންޑޭޝަނާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް