Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިންޑިއާގެ ނޭވީއާއި ރާއްޖޭގެ ސިފައިން ގުޅިގެން ތަމްރީންތަކެއް ފަށައިފި

އިންޑިއާގެ ނޭވީއާއި ރާއްޖޭގެ ސިފައިން ގުޅިގެން ތަމްރީންތަކެއް ފަށައިފި

އިންޑިއާގެ ނޭވީއާއި ރާއްޖޭގެ ސިފައިން ގުޅިގެން ތަމްރީންތަކެއް ފަށައިފި އެވެ.

އެކަން ހާމަކުރީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

"އެކަތާ"ގެ ނަމުގައި ކުރިއަށްދާ އެ ފަރިތަކުރުންތަކާއެކު ކަނޑުތަކުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ކަމަށް އިންޑިއާގެ އެމްބަސީން ބުނެފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

މިއީ އިންޑިއާގެ ނޭވީއާ ގުޅިގެން ބާއްވާ ހަތްވަނަ އެފަދަ ފަރިތަކުރުމެވެ.

މީގެ ކުރިން ލަންކާއާއި އިންޑިއާއާއި ރާއްޖެ ގުޅިގެން "ދޯސްތީ"ގެ ނަމުގައި ވެސް އެފަދަ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް