ސްކޫލަކަށް ވަދެ ބިރު ދެއްކި މީހާއަށް ދައުވާ އުފުލައިފި

މާލޭގެ ސްކޫލަކަށް ވަދެ، އަޑުގަދަކޮށް ބައެއް ޓީޗަރުންނަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާއަށް ދައުވާ އުފުލައިފި އެވެ.
މިދިޔަ އޮގަސްޓް މަހު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރީ މއ. ކަނޑޫގެ, އަލީ އަހުމަދު (41އ) އެވެ.
އޭނާގެ މައްޗަށް ދައުވާކޮށް މިއަދު ޝަރީއަތުގެ އަޑުއެހުން ފެށުމަށް ތާވަލުކޮށްފައިވެ އެވެ.
އަލީ އަހުމަދުގެ މައްޗަށްކޮށްފައިވާ ދައުވާތައް:
- އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ކުށުގެ ދެ ދައުވާ
- އާންމު ތަނެއްގައި ހުރި މީހަކު, އެ މީހެއްގެ އަމަލެއްގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން, ނުވަތަ އުނދަގޫވާނެކަން, ނުވަތަ ބިރު ހީވާނެކަން އެނގިހުރެ, މާރާމާރީ ހިންގައި, ތަޅާފޮޅައި, ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭ ގޮތަށް އުޅުމުގެ ކުށުގެ ދައުވާ
- އާންމު ތަނެއްގައި ހުރި މީހަކު, އެ މީހެއްގެ އަމަލެއްގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން, ނުވަތަ އުނދަގޫވާނެކަން, ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އެކަށީގެން ނުވާ ވަރަށް އަޑު ގަދަކުރުމުގެ ކުށުގެ ދައުވާ
- ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ
އެ މީހާ ޓީޗަރުންތަކަކަށް ބިރުދައްކާފައިވަނީ ސްކޫލުގައި ތިބި ދަރިވަރުންގެ ކުރިމަތީގަ އެވެ.






ކޮމެންޓް