Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބަނގުރާ ބުއި މީހަކު 42 ދުވަހަށް ގޭ ބަންދުކޮށްފި 

ބަނގުރާ ބުއި މީހަކު 42 ދުވަހަށް ގޭ ބަންދުކޮށްފި 

ބަނގުރާ ބުއި މީހަކު 42 ދުވަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ހުކުމްކޮށްފައިވަނީ ގއ. ގެމަނަފުށި, އަސްރުމާގެ, އާލިމް ހަސަންގެ މައްޗަށެވެ.

އެ މައްސަލައަކީ މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން ފުލުހުން ތަހުގީގުކުރި މައްސަލައެކެވެ. އެ މައްސަލާގައި ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ އާލިމްގެ މައްޗަށް އުފުލި އެވެ.

Advertisement
Ooredoo — Square (box)

އެ މައްސަލައިގައި މަސްތުވުމަށް, ބިޔަރު ބޭނުންކުރާ ކަމަށް ބުނެ, ބަނގުރާ ބުއިމުގެ ކުށަށް އޭނާ އިއުތިރާފުވެފައިވެ އެވެ.

އިއުތިރާފުވެފައިވާތީ އަވަސް ނިޔާއިން އަޑުއެހުން ކުރިއަށް ގެންގޮސްފައިވެ އެވެ.

އެ ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. އިއުތިރާފުވުމާއެކު އެއް ދަރަޖަ ދަށްކޮށް އޭނާގެ އަދަބު 27 ދުވަހަށް ދަށްވެ އެވެ. އަދި 6 ދުވަހުގެ ބަންދު އުނިކޮށް އޭނާ ތަންފީޒުކުރަން ޖެހޭ 21 ދުވަހުގެ ޖަލު އަދަބު ގޭ ބަންދަށް ބަދަލުކުރި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް