ޚަބަރު އިޖުތިމާޢީ

ސައިކަލެއްގައި ދިޔަ މީހެއްގެ ގައިގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އަމީނީ މަގު: މަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ގައިގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގުމުން އެ މީހާއަށް ވަނީ އަނިޔާވެފައި / ފޮޓޯ:ދެން އިމޭޖްސް

އަމީނީ މަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ގައިގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގައިފި އެވެ.

Ads by Hajj Corporation

ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނީ އަމީނީ މަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ގައިގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ 10:00 ހާއިރު ކަމަށެވެ.

"އެ މީހާ ގައިގައި ޖަހާފައި ވަނީ އިތުރު ދެ ސައިކަލެއްގައި ދިޔަ ބަޔަކު ކަމަށް މައުލޫމާތު ލިބިފައިވޭ،"

މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ.

ގޭންގް ކުށްތައް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލު ކުރުމަށް ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައެޅިފައިވާ ކަންކަން ފުލުހުން ދަނީ ކުރަމުންނެވެ. އެކަމާ ގުޅޭގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައި ވަނީ އޮނިގަނޑަށް މި ފަހުން ގެނެވުނު ބަދަލާ އެކު، ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކި ހާއްސަ ވިންގެއް ގާއިމުކޮށްފައިވާ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.

މުޅި ރާއްޖެއަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުންގެ ދައުރު ފުޅާކޮށް، ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަކީ ސަރުކާރުގެ ވެސް އެދުމެއް ކަމަށެވެ. ކުރަމުންދާ މަސައްކަތުގެ ނަތީޖާ ދުވަސްކޮޅެއްގެ ތެރޭގައި އާންމު ރައްޔިތުންނާ ހަމައަށް ފޯރަން ބޭނުންވާކަން ސީޕީ ފާހަގަކުރައްވާފައިވެ އެވެ.

Ads by Ooredoo