ޑޮލަރު ލިމިޓް އިތުރުކުރަން ޕޯޓަލްގައި ރަޖިސްޓްރީވުުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި

ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން ވިސާ ޑެބިޓް ކާޑުން ނެގޭ ޑޮލަރު ލިމިޓް އިތުރުކުރަން ބޭނުންވާ ދަރިވަރުން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެ ބޭންކުގެ ރުފިޔާ ޑެބިޓް ކާޑުތަކުން ނެގޭ މިންވަރު މަހަކަށް 1200 ޑޮލަރަށް ބޮޑުވާނީ މި މަހުން ފެށިގެން ނެވެ.
އޭގެ ކުރިން ދަރިވަރުންނަށް މަހަކަށް ނެގެނީ 750 ޑޮލަރެވެ.
އެކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ބުނީ ޑޮލަރު ލިމިޓް އިތުރުކުރަން މިހާރު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށްފައިވާ ކަމަށެވެ.
އަދި އެ ޕޯޓަލްއަށް ވަދެެގެން ރަޖިސްޓްރީވެވޭނެ ކަމަށެވެެ.
އެ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް ޕާސްޕޯޓާއި ސްޓޫޑަންޑް ވިސާއާ ޔުނިވާސިޓީގެ އެންރޯލްމެންޓް ލެޓާ ބޭނުންވާނެ ކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ،
ޑޮލަރު ލިބުން ދަތިވެ ބީއެމްއެލްއިން މިިދިޔަ އޮގަސްޓު މަހު ރުފިޔާގެ ޑެބިޓް ކާޑުތަކުން ޑޮލަރުގެ އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތް ވެސް ހެދި އެވެ.
ނަމަވެސް ފިއްތުންތައް ކުރިމަތިވެ އެ ނިންމުން އިއުލާންކުރި ދުވަހު ވަނީ ނިންމުން ބަދަލުވެސް ގެނެސްފަ އެވެެ