މިނިވަން މުވައްސަސާތަކަށް ނުފޫޒު ފޯރުވުން ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

މިނިވަން މުވައްސަސާތަކަށް ނުފޫޒު ފޯރުވުން ހުއްޓާލަން އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
ރު މޯލްޑިވްސް މީޑިއާ ކައުންސިލްއިން ރޭ ބޭއްވި ނޫސްވެރިކަމިގެ އިނާމު ދިނުމުގެ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއާ ގުޅޭ ގޮތުން އަދަދު ނޫހުން ތައްޔާރުކުރި "ސްކީލާން" ޑޮކިއުމަންޓްރީގެ ކްލިޕެއް ދެއްކި މައްސަލަ ހޫނުވެފައިވާ އިރު އެ މައްސަލައިގައި ބްރޯޑްކޮމް އަދި މީޑީއާ ކައުންސިލްގެ މެމްބަރުން މި މަހުގެ 13 ވަނަ ދުވަހު މަޖިލީހަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.
އެކަމަށް އިޝާރާތްކޮށް ޝާހިދު މިއަދު އެކްސްގައި ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމާ ބިރު ދެއްކުން ސަރުކާރުން ހުއްޓާލަން ޖެހޭ ކަމަށެވެ.
އަދި މީޑިއާގެ މިނިވަންކަމާއި، މީޑިއާ ރެގިއުލޭޓްކުރުމަށް މަތިކޮށްފައިވާ މީޑިއާ ކައުންސިލްގެ މުސްތަގިއްލުކަމާ ދެކޮޅަށް ސަރުކާރުން ހިންގާ އަމަލުތައް ހުއްޓާލަންޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"މީޑިޔާ ކައުންސިލްގެ ރައީސް އޭނާ ޕީއެސްއެމްގައި ހުންނެވި ވަޒީފާއިން ވަކި ކުރި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ސަރުކާރުގެ ނާގާބިލުކަމާއި އަނިޔާވެރިކަން ދުވަހަކަށްވުރެ ދުވަހެއް މިދަނީ އިތުރުވަމުން." ޝާހިދު ވިދާޅުވި އެވެ.
ޑޮކިއުމަންޓްރީ ދެއްކި މައްސަލައިގައި މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ ޕީއެސްްއެމްގެ ވަކިކުރި ނަމަވެސް މިއަދު ވަނީ އެ ވަޒީފާ އަލުން އިއާދަކޮށްދީފަ އެވެ.