Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ސީ-ޓު-އެއާ ކާގޯގެ ހިދުމަތަށް އޮތް ޑިމާންޑް ބޮޑު، އިސްކަންދެނީ ދާއިރާ ކުރިއަރުވަން: އަމީން

ސީ-ޓު-އެއާ ކާގޯގެ ހިދުމަތަށް އޮތް ޑިމާންޑް ބޮޑު، އިސްކަންދެނީ ދާއިރާ ކުރިއަރުވަން: އަމީން

ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ކާގޯގެ ހިދުމަތަށް އޮތް ޑިމާންޑް އިތުރުވަމުން އަންނައިރު، އެންމެ އިސްކަންދެނީ ދާއިރާ ރެގިއުލޭޓްކޮށް، ހިދުމަތް ފުޅާކުރަން ބޭނުންވާ މަގުތައް ތަނަވަސްކޮށްދިނުމަށް ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ފެކްޓްރީތަކުން ރާއްޖެ މެދުވެރިކޮށް އެކްސްޕޯޓްކުރާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެ ގައުމަކީ ދުނިޔޭގައި ދެ ވަނައަށް އެންމެ ގިނައިން އަންނައުނު އުފައްދަމުން އަންނަ ގައުމަށްވާއިރު، މީގެކުރިން އެތަކެތި އެކްސްޕޯޓު ކުރަމުން ގޮސްފައި ވަނީ އިންޑިއާ މެދުވެރިކޮށެެވެ. އިންޑިއާގެ އެއާޕޯޓުތަކާއި ބަނދަރުތައް ބޭނުން ކުރަމުން އައި އައުން ނިމުމަކަށް ގެނައުމަކީ ކާގޯ ބޭރުކޮށްގެން އެ ތަންތަނަށް ލިބެމުންދާ އާމްދަނީއަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ.

އެހެންނަމަވެސް ފެކްޓްރީތަކުން އެގޮތަށް ނިންމާފައި ވަނީ ތަކެތި ބޭރުކުރުމުގައި ބޭނުން ކުރަމުންދާ އިންޑިއާގެ އެއާޕޯޓުތަކާއި ބަނދަރުތަކަށް ބާރުބޮޑުވެ، އެކްސްޕޯޓު ކުރުމުގައި ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ. ވުމާ އެކު އެޗް އެންޑް އެމް އާއި ޒާރާ ފަދަ މަޝްހޫރު ބްރޭންޑްތަަކުގެ ޝިޕްމެންޓްތައް ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދެން ފޮނުވާނީ ރާއްޖެ މެދުވެރިކޮށް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ކަމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ކާގޯ ހިދުމަތްތައް ފުޅާވަމުން އަންނަ ކަމަށެވެ. ހިދުމަތަށް އޮތް ޑިމާންޑް އިތުރުވަމުންދާއިރު، ރާއްޖެއަކީ ޔޫރަޕާއި މެދުއިރުމަތީގެ ގިނަ ސަރަހައްދުތަކުން ދަތުރުތައް ބާއްވަމުން އަންނަ ގައުމަކަށް ވުމާ އެކު ދަތުރުތައް ބާއްވާ ފްލައިޓުތަކުގައި މުދާ އުފުލަން ފުރުސަތު ފަހިވެފައިވާ ކަަމަށެެވެ.

ސަރުކާރުން އިސްކަންދެނީ ދާއިރާ ރެގިއުލޭޓްކޮށް، ހިދުމަތް ފުޅާކުރަން ބޭނުންވާ މަގުތައް ތަނަވަސްކޮށްދޭން ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

https://twitter.com/ameen3d/status/1852766310608130229

މި އަހަރުގެ މާޗު މަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތައާރަފުކުރި ސީ-ޓު-އެއާ ކާގޯގެ ހިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖޭން ފޮނުވީ މެއި މަހުގެ ތެރޭގަ އެވެ. މި ހިދުމަތަކީ ކަނޑު މަގުން މުދާ ގެނެސް ވައިގެ މަގުން މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމުގެ ހިދުމަތެކެވެ. މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ހިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓެ އެވެ.

ސީ-ޓު-އެއާ ކާގޯގެ ހިދުމަތަށް އޮތް ޑިމާންޑް ބޮޑުވަމުންދާއިރު، ހިދުމަތާ ހަތް އެއާލައިނަކުން ވަނީ ގުޅިފަ އެވެ. އޭގެ ތެރޭގައި ގަތަރު އެއާވޭސް އާއި އެމިރޭޓްސް އާއި އިއްތިހާާދާއި ގަލްފް އެއާ އާއި ނިއޯސް އެއާލައިނުގެ އިތުރުން އޭރޯފްލޮޓް ހިމެނެ އެވެ. އެ އެއާލައިންތައް މެދުވެރިކޮށް 13 ގައުމަކަށް މިހާތަނަށް ވަނީ މުދާ ފޮނުވާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް