Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ރަސްމީ ވެބްސައިޓްގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ވަނީ އެ މައްސަލާގައި ހައްޔަރުކުރި 3 މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ. އެ 3 މީހުންނަކީ:
  1. ހއ. ދިއްދޫ / ފާގަތިގެ، އަަހްމަދު ނަސީރު (45އ)،
  2. ގއ. ކަނޑުހުޅުދޫ / ނެސްޓް، އަލީ އައިހަމް (18އ)
  3. ރޮހަމާން، ބަނގްލަދޭޝް (29އ)
ފުލުހުން ބުނީ ނަސީރު ހައްޔަރުކޮށްފައިވަނީ ކަސްޓްމަސް އިން ފުލުހުންނާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަދި ދެން ތިބި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި މާލެއިން ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ފުލުހުން ބުނީ އެ ތިން މީހުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 5 ކިލޯ 936 ގްރާމް ކަމަށްވެސް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނަސީރުގެ ބަންދަށް 5 ދުވަސް ޖަހާފައިވާއިރު، އައިހަމްގެ ބަންދަށް 10 ދުވަސް އަދި ރޮހަމާންގެ ބަންދަށް 7 ދުވަސް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް