Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ޒިއޯންމޮބައިލްސް ގެ ފިހާރައަކުން ވައްކަންކޮށްފި

ޒިއޯންމޮބައިލްސް ގެ ފިހާރައަކުން ވައްކަންކޮށްފި

މަޖީދީމަގު ހުންނަ ޒިއޯންމޮބައިލްސް 4 ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ މިއަދު 5:35 ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުންނެވެ.

Advertisement
Ooredoo — Truecaller (box)

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އެކަކު ފިހާރަ ބިއްލޫރިގަނޑު ތަޅާލާފައި ދިއުމުން އެހެން މީހަކު އެތަނަށް ވަދެ، ވަތްގަނޑު ހާވައި ހަރުން ފޯނާއި އެހެނިހެން ތަކެތި ވަގަށް ނަގާ މަންޒަރެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް