ޚަބަރު އިޖުތިމާޢީ

އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ކާށިދޫއަށް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ކާށިދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް..

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކ. ކާށިދޫއަށް އިއްޔެ 43.9 މިލިމީޓަރަށް ވާރޭ ވެހިއްޖެ އެވެ.

Ads by Sosun Fihaara

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ އެ މިންވަރަށް ކާށިދޫއަށް ވާރޭވެހިފައި ވަނީ އިއްޔެގެ ހެނދުނު 08:00 އިން ފެށިގެން މިއަދުގެ ހެނދުނު 8:00 އާ ދެމެދު ކަމަށެވެ.

ކާށިދޫއަށް ފަހު ދެން އެންމެ ގިނައިން ވާރޭވެހުނީ ނ. މާފަރަށް ކަމަށެވެ. އެއީ 38.8 މިލިމީޓަރު ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އިތުރަށް ބުނީ މިއަދުގެ ހަވީރު 6:00 އާ ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ރާޅުގެ އުސްމިން ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކޮށް އެ އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!