ޗައިނާގެ މެޑިކަލް ޓީމުން ތިން ދުވަސް ތެރޭ 60 މީހުންގެ ލޮލުގެ ސާޖަރީ ހަދައިފި

ޗައިނާގެ މެޑިކަލް ޓީމުން ރާއްޖޭގައި ކުރިއަށް ގެންދާ ކޭމްޕްގައި ތިން ދުވަހުގެ ތެރޭގައި 60 މީހުންގެ ލޮލުގެ ސާޖަރީ ހަދައިފި އެވެ.
ލޮލުގެ ބަލިތަކާ ގުޅޭ މައްސަލަތައް ބެލުމަށް ޗައިނާ މެޑިކަލް ޓީމަކުން މެޑިކަލް ކޭމްޕެއް ރާއްޖޭގައި ދަނީ ކުރިއަށް ގެންދަމުންނެވެ.
އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ޗައިނާގެ މެޑިކަލް ޓީމުން ކުރިއަށް ގެންދާ ކޭމްޕަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.
އެ ޒިޔާރަތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލީޝިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެކަމާ ގުޅޭގޮތުން ޗައިނާ ސަފީރު "އެކްސް" ގައި ވިދާޅުވީ ޗައިނާގެ ޓީމުން ސާޖަރީ ހެދުމުން ގިނަ ބައެއްގެ ފެނުން ރަނގަޅުވުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.
އެ ޓީމުން ފާއިތުވި ތިން ދުވަހުގެ ތެރޭގައި އެކަނިވެސް 60 މީހުންގެ ލޮލުގެ ސާޖަރީ ހަދާފައިވާ ކަމަށެވެ.
އަދި ޗައިނާ އާއި ރާއްޖޭގެ ގުޅުންތަކުން ދިވެހީންނަށް އޭގެ ނަފާ ލިބެމުން ދިއުމުން އުފާކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ.
ޗައިނާގެ ލޮލުގެ ޑޮކްޓަރުން ހިމެނޭ ޓީމުން މި ފަހަރު ވަނީ ރ. އުނގޫފާރު ހޮސްޕިޓަލުގައި ވެސް މެޑިކަލް ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ.
ވަރަށް ރަނގަޅު މުހިންމު ކަމެށް