Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ފުވައްމުލަކުން ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

ފުވައްމުލަކުން ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

ފުވައްމުލަކު ސިޓީން ކުޑަކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފުވައްމުލަކުން ގެއްލިފައި ވަނީ 4 އަހަރުގެ ފިރެހެން ކުއްޖެއް ކަމަށެވެ.

އެ ކުއްޖާ ގެއްލުނުކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުމާ އެކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ކުއްޖާ އާ ގުޅޭ އިތުުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

Advertisement
HDC — Sidebar (box)

ކުއްޖާގެ އާއިލާއިން ފޭސްބުކްގައި މިއަދު އިރުއޮއްސުުނުއިރު ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުން ދަނީ އިޒްޔާން ހުޝާމް ކަމަށެވެ. އިޒްޔާން ގެއްލުނީ ދިގުވާނޑު އަވަށުގެ ފްލެޓު ސަރަހައްދުން ކަމަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އިޒްޔާން ހޯދުމުގެ މަސައްކަތުގައި ސިޓީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވާން އިލްތިމާސްކޮށްފަ އެވެ. އެގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދިގުވާނޑު ފްލެޓު ސަރަހައްދަށް ދިއުމަށް އެ ކައުންސިލުން އެދެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް