Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސިފައިންނާއި ފުލުހުންގެ މެޑިކަލްގެ ބަދަލުގައި ޕްރައިވެޓް އިންޝުއަރަންސް ހަމަޖައްސަނީ

ސިފައިންނާއި ފުލުހުންގެ މެޑިކަލްގެ ބަދަލުގައި ޕްރައިވެޓް އިންޝުއަރަންސް ހަމަޖައްސަނީ
ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމަށް ބަދަލެއް ގެނެސް ޕްރައިވެޑް އިންސުއަރަންސް ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރި "ދައުލަތުގެ ބެޖެޓު ޕޮރިޝަން ރިޕޯޓް 2025" ގެ ތަފްސީލްގައި ބުނީ ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި ދައުލަތުން ހަރަދު ކުރަން ޖެހޭ މިންވަރު ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމް ބަދަލުކޮށް، ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރަން ނިންމާފައިވަނީ މި ފަރާތްތަކުގެ އާއިލާތަކަށް މެޑިކަލް ވެލްފެއާ ސްކީމުން ބޮޑު ހަރަދެއް ހިނގާތީ ކަމަށެވެ. ނަމަވެސް ޕްރައިވެޓް އިންޝުއަރެންސް ހަމަވުމަށްފަހު އާސަންދަ ނިޒާމުގެ ތެރެއިން ސިއްހީ ފަރުވާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެ ބަދަލު އަންނަ އަހަރުގެ ކުރީކޮޅު ގެންނަން ނިންމާފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ބަޖެޓުގައި ވާގޮތުން މި އަހަރު އެކަނިވެސް މި ފަރާތްތަކުގެ އިންޝުއަރަންސަށް 322 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެއެވެ. އަދި ސްކީމަށް ލިމިޓެއް ނޯންނައިރު ކޮސްމެޓިކް ޕްރޮސީޖާތަކާއި ބައެއް ކޮންސިއުމަބަލްތައް މި ސްކީމުގެ ތެރެއިން ލިބޭ ކަމަށްވެސް ބަޖެޓުގައި ވެއެވެ.

އޮޑިޓް ރިޕޯޓުގައި ދައްކާގޮތުގައި ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެން 35 ޕަސެންޓް އިތުރަށް ހޭދަކޮށްފައިވެ އެވެ. އެއީ ބަޖެޓުގައި އިތުރު އިންޝުއަރެންސްތަކަށް 179 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އަހަރު ނިމުނު އިރު އެ އަދަދު ހުރީ 241 މިލިއަން ރުފިޔާގައި ކަމަށް އޮޑިޓް ރިޕޯޓުން ދައްކަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް