އެ ރަސްމިއްޔާތުގައި މޭޔަރު އާޒިމް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް މިނިސްޓަރާއި، ކީރިތި ގުރްއާނާއި ބެހޭ ގައުމީ މަރުކަޒުގެ ވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ވިލިމާލޭގައި ގުރްއާނާއި ބެހޭ ގައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައިފި
![](https://dhen.mv/wp-content/uploads/2024/11/photo_2024-11-14_19-35-49-850x548.jpg)
ކީރިތި ގުރްއާނާއި ބެހޭ ގައުމީ މަރުކަޒުގެ ވިލިމާލެ އައުޓްރީޗް ސެންޓަރު ހުޅުވައިފި އެވެ.
ވިލިމާލެ މަސްޖިދުލް ބިއްރީގައި ދެ ކުލާސްރޫމާއެކު ގާއިމްކޮށްފައިވާ އެ ސެންޓަރު ހުޅުވައިދެއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި މިނިސްޓަރާއެކު މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ބައިވެރިވަޑައިގެންފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ވިލިމާލޭގައި އެފަދަ ސެންޓަރެއް ހުޅުވިގެންދިއުމަކީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހައެއް ކަމަށެވެ.
އަދި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރުގައި ހިމެނޭ ކީރިތި ގުރްއާނުގެ އިލްމު ފެތުރުމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށްވެސް ޝަހީމް ފާހަގަކުރެއްވި އެވެ.
ޝަހީމް ވިދާޅުވީ ދީނީ ގައުމީ ކަންކަންކުރުމުގައި ވަކި ފިކުރެއް ބެލުމެއް ނެތި މަސައްކަތް ކުރުމަށެވެ. އެ ސެންޓަރަކީ އެފަދަ މަސައްކަތެއްގެ ނަމޫނާއެއް ކަމަށް ވިދާޅުވި އެވެ.
އެ ސެންޓަރަކީ އިސްލާމިކް މިނިސްޓްރީއާ މާލެ ސިޓީ ކައުންސިލް ގުޅިގެން ގާއިމްކުރި ސެންޓަރެކެވެ. ސެންޓަރު ގާއިމްކުރުމުގެ އަމަލީ މަސައްކަތްތައް ކުރީ މާލެ ސިޓީ ކައުންސިލުންނެވެ.
![](https://dhen.mv/wp-content/uploads/2024/12/IMG_6998.png)
Ads by HDC