Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ގުރައިދޫ އެއާޕޯޓު އަޅާ ބިން ހިއްކަން އެމްޓީސީސީއަށް

ގުރައިދޫ އެއާޕޯޓު އަޅާ ބިން ހިއްކަން އެމްޓީސީސީއަށް

ތ. ގުރައިދޫގައި ތަރައްގީކުރުމަށް ނިންމާފައިވާ އެއާޕޯޓު އަޅާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ގުރައިދޫ އެއާޕޯޓު ތަރައްގީ ކުރުމަށް އެ ސަރަހައްދުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން އެމްޓީސީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމު މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ، ޑީސީޕީ ރިޓަޔަޑް އަހްމަދު ސައުދީ އެވެ.

Advertisement
Allied — Dhen Online (box)

ރަސްމިއްޔާތުގައި ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދުގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށް ގެންދާ އެ މަޝްރޫއު ފުރިހަމަވުމުން ރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގެ އިގުތިސޯދަށް ފައިދާތަކެއް ކުރާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް