ވޭޕުން ސިއްހަތަށް ލިބޭ ގެއްލުންތައް އާންމުންނަށް ކިޔައިދޭން ސާޖިދާ އެދިވަޑައިގެންފި

އިލެކްޓްރޮނިކް ސިނގިރޭޓް ނުވަތަ ވޭޕް ބޭނުން ކުރުމުން ސިއްހަތަށް ލިބޭ ގެއްލުމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށްދެއްވުމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ބާރުއަޅުއްވައިފި އެވެ.
ސާޖިދާ އެކަމަށް ބާރު އަޅުއްވާފައިވަނީ، ހެލްތު މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންގެ 52 ހަފުތާގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މިއަދު އޮރެންޖް ހިޔާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އާންމު ސިއްހަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ސިއްހީ ދާއިރާގެ މުވައްޒަފުން އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ވިދާޅުވީ ވޭޕް ބޭން ކުރުމާ ގުޅިގެން ވެސް ސިއްހީ ދާއިރާގެ މުވައްޒަފުން އެކަމަށް އެއްބާރުލުން ދިނުން މުހިންމު ކަމަށެވެ.
"މި ކަންތައްތައް ޕްރޮމޯޓްކޮށް މި ކަންކަން ކުރިއެރުވުމަށް އިތުރަށް ސަރުކާރަށް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް. އަޅުގަނޑުމެން ބޭނުންވެގެން އުޅުނު ބައެއް ކަންތައްތައް އަޅުގަނޑުމެންނަށް އެބަ ފެނޭ މިއަދު. ވަކިން ހާއްސަކޮށް ވޭޕްގެ ކަންތައްތައް. މިކަމުގައި އަޅުގަނޑުމެން އެބަ ޖެހޭ ޓެކްނިކަލް މީހުންގެ ހައިސިއްޔަތުން ނިކުންނަން،" ސާޖިދާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކުރިއަށްދިޔަ ކޭކު ފެޅުމުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް
އިތުރަށް އެކަމަނާ ވިދާޅުވީ ސިއްހީ ދާއިރާގެ ފަރާތްތަކަކީ އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރާ ބައެއް ކަމަށެވެ. އަދި ސިވިލް ސާވިސްގެ މުވައްޒަފުންނާއި ޕޮލިސީ ލެވެލްގައި މަސައްކަތްކުރާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގައި މިވަގުތު ހުރި އެންމެ ގިނަ ދުވަސްވީ ސިވިލް މުވައްޒަފު ކޭކެއް ފެޅުން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ސާޖިދާ ވަނީ ހެލްތު މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށްދޭ ޝުކުރުގެ ބެޖު ހަވާލުކޮށްދެއްވާފަ އެވެ.
ވޭޕް ކަޑަ ސިނގުރޭޓު އޯކޭ . ލޮލް