Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ނާޒިމް ސަރުކާރަށް: ރައްޔިތުންނަށް ދަތިނުވާ ގޮތަށް ޕީސީއާރް ޓެސްޓް ހެދޭނެ ގޮތް އިންތިޒާމުކޮށްދީ

ނާޒިމް ސަރުކާރަށް: ރައްޔިތުންނަށް ދަތިނުވާ ގޮތަށް ޕީސީއާރް ޓެސްޓް ހެދޭނެ ގޮތް އިންތިޒާމުކޮށްދީ

ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް ޕީސީއާރް ޓެސްޓު ހެދޭނެ ގޮތަކަށް އިންތިޒާމުތައް ގާއިމުކޮށްދޭން އެމްއެންޕީގެ ރައީސް ރިޓަޔާޑް ކާނަލް މުޙައްމަދު ނާޒިމް ސަރުކާރަށް ގޮވާލައިފިއެވެ.

ކޮވިޑް-19އަށް ފައްސިވަމުންދާ އަދަދުތައް މިފަހަކަށް އައިސް އަނެއްކާ ވެސް އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިއްޔެ ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ރަށްރަށަށް ދަތުރުކުރެވޭނީ ޕީސީއާރް ޓެސްޓެއް ހަދައިގެން ކަމަށެވެ.

އެޗްޕީއޭގެ އެ އިއުލާނާ ގުޅިގެން އެތައް ބަޔަކު އިއްޔެއާއި ރޭގައި ވަނީ، ޕީސީއާރް ޓެސްޓު ހަދަން ޔޫތު ސެންޓަރުން ފެށިގެން އައިޖީއެމްއެޗްއާ ހަމައަށް ދިގު ކިޔުއެއް ހަދައިފައެވެ. އެކަމާ ގުޅިގެން އެތައް ބައެއްގެ ކަންބޮޑުވުމާއި ފާޑުކިޔުން އެޗްޕީއޭއަށް އަމާޒުވިއެވެ.

Advertisement
Allied — Dhen Online (box)

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ނާޒިމް މިކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ދަތިނުވާ ގޮތަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ޕީސީއާތް ހެދޭނެ އިންތިޒާމް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

"ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި އެތައްގަޑިއިރުތަކެއް ވަންދެން ރައްޔިތުން ކިއޫގައި ތިބެން ޖެހުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް" ނާޒިމް ވިދާޅުވެފައިވެއެވެ.

https://twitter.com/nazim7878/status/1480475429387456514?s=20

އެޗްޕީއޭގެ އެ ކުއްލި އެންގުމާ ގުޅިގެން، އެތައް ބަޔަކު ކިޔު ހަދައިގެން ޕީސީއާރް ޓެސްޓު ހެދުމަށް ދިޔުމުން، އެ އެޖެންސީން ފަހުން ވަނީ ޓެސްޓު ނުހަދައި ވެސް ރަށްރަށަށް ދަތުރު ކުރެވޭނެ ގޮތަށް އެންގި އެންގުން ބަދަލުކޮށްފައެވެ. ނަމަވެސް އެމީހަކު ދާ ރަށަކުން ޕީސީއާރް ޓެސްޓު ހެދުމަށް ފަހު ނަތީޖާ ލިބެންދެން، އެ ރަށެއްގެ ގޭގައި ކަރަންޓީނު ވެގެން ހުރުމަށް ވެސް އަންގައިފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް