Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކަނޑުމަގުން އެތެރެކުރަން އުޅުނު 3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކަނޑުމަގުން އެތެރެކުރަން އުޅުނު 3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކަނޑުމަގުން އެެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިރޭ ނެރުނު ބަޔާނުގައި ބުނީ ރާއްޖެ އެތެރެކުރި <span style="font-weight: 400;">ސީފްރައިޓް ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން މިއަދު އިތުރަށް ބެލިއިރު އެ ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ތެރޭގައި މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ފެނުނު ކަމަށެވެ.</span>

<span style="font-weight: 400;">އަދި އެ ޕެކެޓުތަކުގައި ފޮރުވާފައި ހުރި ތަކެތި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސްއިން ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އަށް ވަނީ ޕޮޒިޓިވްވި ކަމަށް ވެސް ބުނެފައިވެ އެވެ.</span>

Advertisement
Ooredoo — Truecaller (box)

<span style="font-weight: 400;">އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 1.518 ކިލޯގްރާމް ހުރިކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ. އޭގެ އަގު ތިން މިލިއަން ރުފިޔާއަށް އަރާނެކަމަށް ވެސް ބުނެފައިވެ އެވެ.</span>

އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް މިހާރު އެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަަސްޓަމްސްއިން ބުނެފައިވެެެ އެވެ.

މިއަދު ރާއްޖެ ސަރަަހައްދުގައި އުޅުނު ލަންކާގެ މަސްބޯޓަކުން ވެސް ބައި ޓަނެއްހާ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް